ކަންބޮޑުވާ އަދި ހިތްދަތިވާ ޙާލަތުގަ ބޭނުންކުރާނެ ބޭހެއް ސުންނަތުން ފެންނަން އެބައޮތް‍ ތަޖުރިބާކޮށް ޙަޤީޤަތްވެސް ހޯދައިފިން: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ކަންބޮޑުވާ އަދި ހިތްދަތިވާ ޙާލަތުގަ ބޭނުންކުރާނެ ބޭހެއް ސުންނަތުން ފެންނަން އެބައޮތް‍ ތަޖުރިބާކޮށް ޙަޤީޤަތްވެސް ހޯދައިފިން: ޝައިޚް އަބޫބަކުރު ޒައުދު

ކޮންމެ މީހަކަސްވެސް ކަންބޮޑުވުންތައް ކުރިމަތިވާނެއެވެ. ހިތާމަތަކާއިވެސް ކުރިމަތިވާނެއެވެ. އެފަދަ ޙާލަތްތަކުގައި ބޭނުންކުރާނެ ބޭހެއް ސުންނަތުން ފެންނަން އެބައޮތެވެ. އެބޭސް އަހަރެން ބޭނުންކޮށްފީމެވެ. އެހެން މީހުންނަށް ބުނެދީގެން އަޖުމަވެސް ބަލައިފީމެވެ. އެއީ ހަމަ ވަރަށް ކާމިޔާބު ފަރުވާއެއްކަން ވަނީ އެނގިފައެވެ. 

އެއީ "އައްތަލްބީނާ"އެވެ. ތައްޔާރުކުރާނެ ގޮތަކީ މުގުރި 2 ސަމުސާ ބާރަލީ 2 ޖޯޑު ކިރަށް އަޅައި ކައްކާނީއެވެ. ރަނގަޅަށް ކައްކާލައި ހިހޫވުމުން މާމުއި ކޮޅެއް އެއަށް އެއްކޮށްލާނީއެވެ. 

ޙަޤީޤަތުގައި މިވާ ގޮތަކީ އެފަދަ ވަގުތުތަކުގައި ހަށިގަނޑުގެ މެގްނީޒިޔަމް ލެވެލް ދައްވެގެންދަނީއެވެ. "އައްތަލްބީނާ" ގެ ސަބަބުން މެގްނީޒިޔަމް ލެވެލް އިތުރުކޮށް މަތިކޮށްދެނީއެވެ. 

ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. "އައްތަލްބީނާ" އަކީ ހިތާމައާއި ހިތްދަތިކަމުގެ ވަގުތުތަކުގައި ހިތަށް ޝިފާއެކެވެ." ޞަޙީޙް ބުޚާރީ ބައްލަވާށެވެ! 

ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. "ޢާއިލާގެ ބޭފުޅަކު އަވަހާރަވުން ފަދަ ކަމެއް ކުރިމަތިވާހިނދު އަންހެނުން ޖަމާވެއެވެ. އަދި އެމީހުންގެ ކެއުމަކަށް ޕާނާއި އެއްގަމު މަސް ތައްޔާރުކުރެއެވެ. ޕާންކޮޅުގެ މައްޗަށް މަސްކޮޅެއް ލެއްވެވުމަށްފަހު "އައްތަލްބީނާ" އަޅުއްވަވަމެވެ. އެއީ މިޙަދީޘްފުޅުގައިވާ ފަދައިން ފަރިއްކުޅުއްވުމަށެވެ. 

އަދި މިނޫން ގޮތްގޮތަށް ވެސް އައްތަލްބީނާ ބޭނުންކުރެވިދާނެއެވެ. ހަމަ ޔަޤީނުންވެސް އެއީ މިބަޔާންކުރިފަދައިން ހިތާމައާއި ހިތްދަތިކަމުގެ ވަގުތަކުގައި ޝިފާއެކެވެ. 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން  

- ގުޅުންހުރި ވީޑިއޯ: 

 

މިއަދު އޮންލައިން