އެންމެ ފުރިހަމަ، އެންމެ މަތިވެރިވެފައި، މަންފާބޮޑުވެފައި، ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާގޮތަށް ޛިކުރުކުރުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އެންމެ ފުރިހަމަ، އެންމެ މަތިވެރިވެފައި، މަންފާބޮޑުވެފައި، ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާގޮތަށް ޛިކުރުކުރުން-

ހިތުންނާއި ދުލުންވެސް ޛިކުރުކުރެވިދާނެއެވެ. އެންމެ ފުރިހަމަ ޛިކުރުކުރުމަކީ، އަދި އެންމެ މަތިވެރިވެފައި، މަންފާބޮޑުވެފައި، ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ: ހިތާއި ދޫ އެކުވެގެންކުރާ ޛިކުރެވެ. ފަހެ، އެމީހެއްގެ ދުލުން ޛިކުރުކުރަމުންދާއިރު، އެމީހާގެ ހިތުން އެ ޛިކުރުތަކާމެދު ވިސްނާ ފިކުރުކުރުމެވެ. އަދި އެ ޛިކުރުތަކުގެ މާނަތަކާއި، މަޤްޞަދުތަކާމެދު ހެކިވަމުން ޛިކުރުކުރުމެވެ. 

ދެން، އެންމެ މަތިވެރިވެގެން ވަނީ ހަމައެކަނި ހިތުން ޛިކުރުކުރުމެވެ. އެއީ؛ މާތް ﷲގެ މަތިވެރިވަންތަކަމާއި، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކާއި، އެކަލާނގެ މިލްކުވަންތަވެރިކަމާމެދު ހިތުން ފިކުރުކޮށް، ވިސްނުމެވެ. އަމުރަކާމެދު ހަނދުމަކޮށްފިކަމުގައިވާނަމަ އެކަމެއް ކުރުމެވެ. އަދި ނަހީވެގެންވާ ކަމަކާމެދު ހަނދުމަކޮށްފިނަމަ އެކަމަކުން ދުރުހެލިވުމެވެ. މިގޮތަށް ކަންކުރާކަމުގައިވާނަމަ؛ ކަންކަން އެނގުން އިތުރުކޮށްދޭނެއެވެ. އަދި ލޯތްބާއި، ބިރުވެތިކަމާއި، ފަރާތްފަރާތަށް ނަފުސު ދިޔަކަނުދީ ބެލެހެއްޓުމާއި، ފާފަތަކުން ދުރުކުރުމުގެ ޤާބިލުކަން އަށަގަންނުވައިދޭނެއެވެ. 

ދެން ހަމައެކަނި ދުލުން ޛިކުރުކުރުމެވެ:  

"ޛިކުރުކުރުމުގެ މުރާދަކީ: ހިތް ޙާޟިރުކުރުމެވެ. ޛިކުރުކުރާމީހާގެ މަޤްޞަދެއްކަމުގައި ވާންވާނީ މިކަމެވެ. އަދި މިކަން ޙާޞިލުކުރުމަށްޓަކައި ގަދައަޅައިމަސައްކަތްކުރަންޖެހޭނެއެވެ. އަދި އެމީހާ އެކުރާ ޛިކުރަކާމެދު ވިސްނާ ފިކުރުކުރަންޖެހޭނެއެވެ. އަދި އެ ޛިކުރުތަކުގެ މާނައާމެދު ވިސްނަންޖެހޭނެއެވެ. 

ފަހެ، އެއްޗެއް ކިޔާއިރު ވިސްނާ ފިކުރުކުރަމަކީ އެދެވިގެންވާކަމަކަށްވާއިރު ޛިކުރުކުރާއިރުވެސް އެ ޛިކުރުތަކާމެދު ވިސްނާ ފިކުރުކުރުމަކީ އެދެވިގެންވާކަމެކެވެ. އެހެނީ، ޙާޞިލުކުރަން ބޭނުންވާ މަޤްޞަދަށް ބަލާއިރު، ކިޔުމާއި ޛިކުރުކުރުމުން ޙާޞިލުކުރަން ބޭނުންވާ މަޤްޞަދަކީ އެއްމާނައެއްގެ ތެރޭގައި ހިމެނޭ މަޤްޞަދެކެވެ."  

- މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން