ރަވާތިބު ސުންނަތް ތަކުގައި އަލްޙަމްދު ކިއުމަށްފަހު ޤުރުއާނުގެ މިންވަރެއް ކިޔެވުމަކީ އޮންނަ ކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ރަވާތިބު ސުންނަތް ތަކުގައި އަލްޙަމްދު ކިއުމަށްފަހު ޤުރުއާނުގެ މިންވަރެއް ކިޔެވުމަކީ އޮންނަ ކަމެއްތޯ؟

ސުވާލު:. ރަވާތިބު ސުންނަތް ތަކުގައި އަލްޙަމްދު ކިއުމަށްފަހު ޤުރުއާނުގެ މިންވަރެއް ކިޔެވުމަކީ އޮންނަ ކަމެއްތޯ ނޫނީ ނޫންތޯ ކޮބައިތޯ ރަނގަޅު ގޮތަކީ؟ 

ޖަވާބު:. އާދެ! ރަވާތިބު ސުންނަތުގައި ސޫރަތުލް ފާތިޙާ އަށް ފަހުގައި ޤުރުއާނުން އެހެން ސޫރަތެއް ނުވަތަ އެހެން މިންވަރެއް ކިޔެވުމަކީ އެއީ ކުރެވިދާނެކަމެއް! އިތުރު ސޫރަތެއް ނުވަތަ ޤުރުއާނުން އިތުރުމިންވަރެއް ނުކިޔަވާ ރުކޫޢަށް ދިޔަކަމުގައިވީނަމަވެސް އެއީކީވެސް މައްސަލައެއް ނޫން. ހަމަ އެމީހަކަށް ބޭނުން ގޮތަކަށް އެކަން ކުރެވިދާނެ.  

ދެން އިތުރަށް ސޫރަތެއް ނުވަތަ އިތުރު މިންވަރެއް ޤުރުއާނުން ކިޔަވައިފިކަމުގައި ވަނީނަމަ އެއީ އޭނާއަށް އިތުރަށް ލިބޭނޭ ސަވާބެއް. އެ ސަބަބަކީ ޤުރުއާނުގެ އެންމެ އަކުރެއްވެސް ކިޔަވައިފިކަމަށް ވަނީނަމަ އެއަކުރަކަށް ދިހަ ސަވާބު މާތް ﷲ ދެއްވާނެކަން رَسُوْلُ الله އަށް ވަނީ ބަޔާންކޮށްދެއްވާފައި.  އެހެންވީމާ، ރަވާތިބު ސުންނަތް ކުރާއިރުގައި ހަމަ ސޫރަތުލް ފާތިޙާއަށް ފަހު އިތުރު ސޫރަތެއް ކިޔެވިދާނެ.  

ދެން ފަހަރެއްގައި މިސާލަކަށް މިސްކިތުގައި ޤަމަތް ދިނުމާދޭތެރޭގައި އެއޮންނަ ކުޑަކުޑަ ވަގުތުކޮޅުގެ ތެރޭގައި އޭނާ ހަތަރު ރަކްޢަތް މިސާލަކަށް މެންދުރު ނަމާދުގެ އިހު ސުންނަތުގެ ހަތަރު ރަކްޢަތް ކުރަން ބޭނުންވެފައި ހުއްޓާ އެވަގުތު އެވަރަށް ނުލިބިދާނެ ކަމަށްޓަކައި ހަމައެކަނި ސޫރަތުލް ފާތިޙާ ކިޔަވާފައި އިތުރު މިންވަރެއް ނުކިޔަވާ ނިންމާލިއަސް މައްސަލައެއް ނެތް. އެހެންނަމަވެސް ވަޤުތު ތަނަވަސްކަން އޮތްކަމުގައިވަނީނަމަ ވީހާވެސް ގިނަ ސޫރަތްތަކެއް ކިޔެވުމަކީ އެއީ ހަމަ އެމީހަކަށް މޮޅު އިތުރު ވާނެ ގޮތެއް.  

ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން