ޢުޤުބާ ބުން ޢާމިރު رضي الله عنه ވިދާޅުވިއެވެ.
“ހަނގުރާމައެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސަވާރީގެ ލަގަނުގައި ހިއްޕަވައިގެން ތިމަންކަލޭގެފާނު ވީމެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އޭ ޢުގުބާއެވެ. ކިޔާށެވެ. ތިމަންކަލޭގެފާނު ކަނުލާ އަޑުއެއްސެވުމަށް އިންނެވީމެވެ. ދެންވެސް ޙަދީޘްކުރެއްވިއެވެ. އޭ ޢުގުބާއެވެ. ކިޔާށެވެ. ތިމަންކަލޭގެފާނު ކަނުލާ އަޑުއެއްސެވުމަށް އިންނެނީމެވެ. ދެން އެކަލޭގެފާނު ތިންވަނަ ފަހަރަށް މިފަދައިން ޙަދީޘްކުރެއްވުމުން ތިމަންކަލޭގެފާނު ދެންނެވީމެވެ. ތިމަންކަލޭގެފާނު ކިޔަންވީ ކޮންއެއްޗެތޯއެވެ؟
ދެން އެކަލޭގެފާނު سورة الإخلاص ފެށިގެން ނިމެންދެން ކިޔަވާ ވިދާޅުވިއެވެ. ދެން އެއަށްފަހުގައި سورة الفلق ފެށިގެން ނިމެންދެން ކިޔަވާވިދާޅުވިއެވެ. އަދި އެކަލޭގެފާނާ އެއްކޮށް ތިމަންކަލޭގެފާނުވެސް ކިޔަވާ ވިދާޅުވީމެވެ. ދެން އެއަށްފަހުގައި سورة الناس ފެށިގެން ނިމެންދެން ކިޔަވާ ވިދާޅުވިއެވެ. އަދި އެކަލޭގެފާނާ އެއްކޮށް ތިމަންކަލޭގެފާނުވެސް ކިޔަވާ ވިދާޅުވީމެވެ.
އެއަށްފަހުގައި ޙަދީޘް ކުރެއްވިއެވެ.
(( مَا تَعَوَّذَ بِمِثْلِهِنَّ أَحَدٌ))
މާނައީ: "އެ ތިން ސޫރަތާއެއްފަދަ ރައްކާތެރިކަމެއް އެއްވެސްމީހަކު ހޯދާފައެއްނެތެވެ." (އެބަހީ: ރައްކާތެރިކަން ހޯދުމަށްޓަކައި މިތިން ސޫރަތަށްވުރެ މޮޅު އެއްޗެއް ނުވެއެވެ.) "
رواه النسائي وصححه الأالباني
- މަސްދަރު: ދި ސަލަފިއްޔާ