ރުކޫއާ ސަޖިދައިގަ އޮވެވެނީ ރަނގަޅަށްތަ؟ މި ދެ ޙަދީޘްފުޅަށް ޢަމަލުކުރަންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ރުކޫއާ ސަޖިދައިގަ އޮވެވެނީ ރަނގަޅަށްތަ؟ މި ދެ ޙަދީޘްފުޅަށް ޢަމަލުކުރަންތަ؟

ނަމާދުކުރާއިއރު ސަޖިދައިގަ އޮވެވެނީ ރަނގަޅަށްކަން ޔަޤީންކުރަންޖެއެވެ. ނަމަވެސް މި ޙަދީޘްފުޅު ގިނަބައަކަށް ނުއެނގޭތީ ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު މި ޙަދީޘްފުޅަށް ޢަމަލުނުކުރާކަން ފާހަގަކޮށް މީގެކުރިންވެސް ވާނީ އެތައް ފަހަރަކު ވާނީ ޙަނދާންކޮށްދެވިފައެވެ.

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މި 2 ޙަދީޘް ފާހަގަކުރައްވަވައެވެ.  

ޙަދީޘްފުޅުގައިވަނީ މިފަދައިންނެވެ. "ތިއަބައިމީހުން ސަޖިދައިގަ ސީދާވާށެވެ! ތިއަބައިމީހުންގެ ތެރެއިން އެކަކުވެސް، ކުއްތާ އޭގެ ދެއަތްދަނޑި ދަމާލާފަދައިން (ސަޖިދައިގަ) ދެއަތްދަނޑި ނުދަމާށެވެ." (ޞަޙީޙް މުސްލިމް:493) 

އަދިވެސް ޙަދީޘް ކުރައްވަވާފައިވެއެވެ.  

"ރުކޫއާ ސުޖޫދުގައި މައިބަދަ (ބުރަކަށި) ސީދާ ނުކުރާނަމަ ﷲ ޤަބޫލުފުޅު ނުކުރައްވަވާނެތެވެ." (ސުނަން ތިރްމިޛީ: 2/52)  

ގިނަ މިސްކިތްތަކުގައި ސަފުގެ ރޮނގު ދަމާފައި ހުންނަނީ މި ޙަދީޘްފުޅަށް ބަލައިގެން ކަމަށްނުވާތީ ސަޖިދައިގައި ބުރަކަށި ސީދާކުރުމަކީ އުނދަގޫކަމަކަށްވެއެވެ. ދެސަފު ދެމެދުގައި އެހައި ޖާގަ ނުއޮންނާތީއެވެ. އެޙާލަތުގައި ޖާގަ އޮތްވަރަކުން ސީދާކުރަން މަސައްކަތްކުރަންވާނެއެވެ. ދެން އޮތްބައި ރޮނގުދެމި ބައަކަށް ދޫކޮށްލައްވާށެވެ!

މިއަދު އޮންލައިން