ޝަހުވާނީ އެދުންތަކާ ޝައިތާނާގެ ވަސްވާހުން އެންމެ އަވަހަށް ރައްކާތެރިވެވޭނެގޮތަކަށް ދީނުގައި އޮންނަނީ ކިހިނެއްތޯ؟: ޑރ. އިޔާޟްގެ ޖަވާބު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ޝަހުވާނީ އެދުންތަކާ ޝައިތާނާގެ ވަސްވާހުން އެންމެ އަވަހަށް ރައްކާތެރިވެވޭނެގޮތަކަށް ދީނުގައި އޮންނަނީ ކިހިނެއްތޯ؟: ޑރ. އިޔާޟްގެ ޖަވާބު

ސުވާލު:. ޝަހުވާނީ އެދުންތަކާ ޝައިތާނާގެ ވަސްވާހުން އެންމެ އަވަހަށް ރައްކާތެރިވެވޭނެގޮތަކަށް ދީނުގައި އޮންނަނީ ކިހިނެއްތޯ؟ 

ޖަވާބު:. އެފަދަ ކަންތައްތަކުން ރައްކާތެރިވުމަށްޓަކައި އިސްލާމް ދީނުގައި ޒުވާނުންނަށް އިރުޝާދު ދެއްވާފައިވަނީ އަވަހަށް ކައިއިވެނި ކުރުމަށް، ކީރިތި ރަސޫލާ ހަދީޘް ކުރައްވަނީ يَا مَعْشَرَ الشَّبَابِ  އޭ ޒުވާނުންނޭ " يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنْكُمُ الْبَائَة فَلْيَتَزَوَّجْ " ތިޔަބައި މީހުންގެ ތެރެއިން ކާއިވެނި ކުރުމުގެ ކުޅަދަނަކަން ލިބިފައިވާ މީހާ ކާއިވެނި ކުރާ ހުށިކަމެވެ. "فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ " ސަބަބަކީ ކާއިވެނިކުރުމަކީ އެއީ އޭނާގެ ބެލުންތައް ތިރިކޮށްދޭނެ ކަމެކޭ. އަދި އޭނާގެ ފޮރުވިފައިވާ ގުނަވަން ރައްކާތެރިކޮށްދޭނެ ކަމެކޭ."

فمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ އެކަމުގެ ކުޅަދާނަކަން މާނައަކީ ކައިއިވެނި ކުރުމުގެ ކުޅަދާނަކަން އެ މީހެއްގެ ކިބައިގައި ނެތްކަމަށްވަނީނަމަ فَعَلَيْهِ بِالصَّوْمِ އޭނާއަށް އޮތީ ރޯދަ ހިފުމެވެ. فَإِنَّهُ لَهُ وِجَاءٌ އެކަމުގައި އޭނާއަށް ރައްކާތެރިކަމެއް ހުއްޓެވެ.  

އެހެންވީމާ އެފަދަ ކަންތައް ތަކުން ސަލާމަތް ވުމަށްޓަކައި ޝަހުވާނީ އެދުމުން ސަލާމަތް ވުމަށްޓަކައި ހަމަ އެންމެ މުހިންމު ކަމަކީ ވީ އެންމެ އަވަހަކަށް ކައިވެނި ކުރުން، ކާއިވެނި ކުރުމުގެ ކުޅަކާނަކަން ނެތްކަމަށްވަނީނަމަ، ރޯދަ ހިފައިގެން އެކަން ކޮންޓްރޯލް ކުރަން މަސައްކަތްކުރުން. ދެންހަމަ އެއާއެކު އީމާންކަން ވަރުގަދަ ކުރުމަށްޓަކައި ކަންތައް ކުރުމަކީވެސް އެއީ ވަރަށްމުހިންމު ކަމެއް.  

ކޮންމެ ދުވަހަކުވެސް ޤުރުއާނުން ކޮންމެވެސް މިންވަރެއް ކިޔެވުމާއި، ހެނދުނާ ހަވީރުގެ ޛިކްރުތައް ކިޔުމާ ވީހާވެސް ހެޔޮލަފާ ޞާލިޙް ރަޙްމަތްތެރިން އިޚްތިޔާރު ކުރުމާ، އަދި ދަރުސްތަކާ އަދި އެހެންވެސް ދީނީ އިރުޝާދުތައްދެވޭ ޕްރޮގްރާމް ތަކުގައި ބައިވެރިވެ އެކަންތައްތަކުގެ ފައިދާ ލިބިގަތުމަށް މަސައްކަތްކުރުމާ، މިފަދަ ކަންތައްތަކަކީ އެއީ މީހާގެ އީމާންކަން އިތުރުވެގެން ދާނެ ކަންތައްތައް. انشاء الله އެހެންވީމާ އީމާންކަން އިތުރުވެގެން ދިޔަ މިންވަރަކުންވެސް އެފަދަ ކަންތަކުން ސަލާމަތް ވުމަށް ބާރަކަށްވެގެން ދާނެ. انشا ءالله 

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން