ޕާކިސްތާން ޕިޝާވަރުގެ މިސްކިތަކަށް ހުކުރުވަގުތު ޖާނުން ފިދާވެގެން ދިން ޙަމަލާއެއްގައި ތިރީސް މީހުން ޝަހީދުވެ އައްޑިހައަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ޕާކިސްތާން ޕިޝާވަރުގެ މިސްކިތަކަށް ހުކުރުވަގުތު ޖާނުން ފިދާވެގެން ދިން ޙަމަލާއެއްގައި ތިރީސް މީހުން ޝަހީދުވެ އައްޑިހައަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

ޕާކިސްތާން، ޕިޝާވަރުގެ މިސްކިތަކަށް ހުކުރުވަގުތު ޖާނުން ފިދާވެގެން ދިން ޙަމަލާއެއްގައި ތިރިސް މީހުން ޝަހީދުވެ އައްޑިހައަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. 

ޚަބަރުތައް ބުނާ ގޮތުން އެމީހުން ހުކުރުވަގިތު މިސްކިތަށްވަނީ ގާޑުންނަށް ތިބި 2 ފުލުހުންނަށް ބަޑިން ހަމަލާދިފައެވެ. އެކަކުވަނީ ވަގުތުން ޝަހީދުވެފައެވެ. އަނެއް މީހާގެ ޙާލު ސީރިޔަސް އެވެ. 

މިޚަބަރުލިޔާ ވަގުތާއި ހަމައަށް އެއްވެސް ބައަކު ހަމަލާގެ ޒިންމާ ނަގާފައެއް ނުވެއެވެ.  ސަރުކާރުންވަނީ ޝަހީދުވި މީހުންގެ ޢާއިލާތަކަށާއި ޒަޚަމްވީ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ. 

މިއަދު އޮންލައިން