ފިނިފިނި ވައެއް ފޮނުއްވަވައި ހިތުގާ ރެވިއޮށެއްގެ މިންވަރުވެސް އީމާންކަންވާ އެންމެންގެ ފުރާނަ ﷲ ގެންދަވާނެ!: ޝައިޚް ފަރިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ފިނިފިނި ވައެއް ފޮނުއްވަވައި ހިތުގާ ރެވިއޮށެއްގެ މިންވަރުވެސް އީމާންކަންވާ އެންމެންގެ ފުރާނަ ﷲ ގެންދަވާނެ!: ޝައިޚް ފަރިދު

އާދެ! އުންމަތުގެ ފަހުކޮޅުގާ ކިރިޔާވެސް އެމީހެއްގެ ހިތުގާ ޒައްރެއްގެ މިންވަރުވެސް އީމާންކަންވާމީހާ ރެވިއޮށެއްގެ މިންވަރުވެސް އީމާންކަންވާ މީހެއްގެ މަރު ﷲ ސުބްޙާނަހޫ ވަތަޢާލާ އެމީހެއްގެ މަރުގަންނަވާނެ. އާދެ ކުއްލިއަކަށް އަތުވެދާނެ ފިނިފިނި ވައެއް އެފިނިވައިޖެހިފާ ދުނިޔޭގާ  ތިބި އީމާންކަމުގެ ޒައްރެއްގެ މިންވަރުވެސް އެމީހެއްގެ ހިތުގައިވާ މީހުން އެމީހުން މަރުގަންނަވަފާނެ. އެމީހުން ފަރުބަދައެއްގެ ހޮހަޅައެއްގެ ތެރެޔަށް ވަނަސް އެފިނިވައި އެތަނަށްވަދެ އެބައިމީހުން މަރައިފާނެ. އެބައިމީހުންގެ މަރުގަންނަވަފާނެ.

ދެން ތިބޭނީ އެންމެ ނުބައިމީހުން " لَا تَقُومُ السَّاعَةُ إِلَّا عَلَى شِرَارِ الْخَلْقِ " ޤިޔާމަތް ޤާއިމް ނުވާހުއްޓޭ ބިންމަތީގައިތިބި އެންމެނުބައިމީހުންގެ މައްޗަށް މެނުވީ " لاتَقُومُ السَّاعَةُ حَتَّى يُقَالَ: اللَّهُ اللَّهُ "  ބިންމަތީގަ ﷲ ﷲ މިހެން ނުކިއިއްޖައުމަށް ދާންދެން ޤިޔާމަތެއް ނުވާނެ.  ޤިޔާމަތްވާނީ ބިންމަތީގާ ﷲ ﷲ މިހެން ނުކިޔޭ ޙާލުގައޭ.

އާދެ އަޅުގަނޑުމެން ﷲ މަތިން ހަނދުމަވެސް ނުވާ ޙާލުގައޭ. ބިންމަތީގަ ނެތޭ ﷲ ހަނދުމަ ކުރާ މީހަކު ﷲ މިހެން ބުނެލާމީހަކުވެސް ނެތް.  އެހިސާބުން ޤިޔާމަތްވާނެ އޭގެ ކުރިޔަކުން އިންޝާﷲ ޤިޔާމަތެއް ނުވާނެ! 

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން

 

މިއަދު އޮންލައިން