ޝަޢްބާން މަހު ގިނަކުރަންވީ 4 ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ޝަޢްބާން މަހު ގިނަކުރަންވީ 4 ކަމެއް-

ޝައުޢްބާން މަހަކީ އެއަހަރު އެމީހާ ކުރި ޢަމަލުތައް ﷲ ތަޢާލާގެ ޙަޟްރަތަށް އުފުލިގެންދާ މައްސަރެވެ. ވީމާ 4 ކަމެއް ކުރުން ގިނަކުރާށެވެ!

1 ވީހާގިނައިން ރޯދަހިފުން

2 އަސްތަޣްފާރުކުރުން / ފާފަ ފުއްސަވައިދެއްވެވުން އެދި ދުޢާކުރުން

3 ތިމާއަށް ކުރެވިފައިވާ ހެޔޮ ޢަމަލުތައް ޤަބޫލުފުޅުކުރެއްވެވުން އެދި ދުޢާކުރުން

4 ޞަދަޤާތްކުރުން 

2 ވަނައަށް ފާހަގަކޮށްފައި އެވަނީ އެއަހަރު ތިމާއަށް ކުރެވުނު ފާފަތަކާއި އަދި އެއިގެކުރިންވެސް ކުރެވިފައިވާ ފާތައް ފުއްސަވައި ދެއްވެވުން އެދި ވީހާ ގިނައިން ދުޢާކުރުމެވެ. ހަމައެއާއިއެކު ތިމާއަށް ކުރެވިފައިވާ ހެޔޮ ޢަމަލުތައް ޤަބޫލުފުޅުކުރެއްވެވުން އެދިގެންވެސް ދުޢާކުރަންވާނެއެވެ. 

ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުމާއި ކުރެވިފައިވާ ހެޔޮޢަމަލުތައް ޤަބޫލުފުޅުކުރެއްވެވުން އެއީ ގުޅިލާމެހިފައިވާ ދެކަންތަކެވެ. ކޮންމެ ހެޔޮ ޢަމަލެއް ކުރުމަށްފަހުގައިވެސް އެޢަމަލު ޤަބޫލުފުޅު ކުރެއްވެވުން އެދި އަބަދުވެސް ދުޢާކުރަންވާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން