ސުވާލު: ހިނައިގަންނަން ޖެހޭ ޙާލަތުގައި ހިނައިގަތުމުގެ ކުރިން އެކުރާ ވުޟޫގައި ނަމާދު ކުރެވިދާނެތޯ؟
ޖަވާބު: ލައްބަ! ވުޟޫ ނުގެއެއްލޭހާ ހިނދެއްގައި ހަމަ އެ ވުޟޫ މަތީގައި ކުރެވިދާނެ އިނގޭތޯ! ހިނައި ގަތުމަށްޓަކައި ހިނައިގަތުމުގެ ކުރިން އެކުރާ ވުޟޫއަކީވެސް ހަމަ ވުޟޫއެއް! އެ ވުޟޫ ނުގެއްލޭހައި ހިނދަކު އޭނައަށް އެވުޟޫގެ މަތީގައި ނަމާދުކޮށް ކަންތައް ކުރުމަކީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫން.!
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް