އުނދަގޫކުރަނިވި ކޮންމެ އެއްޗެއްގެ ކިބައިންނާ، ނުބައިވެގެންވާ ކޮންމެ ނަފްސެއްގެ ކިބައިންނާ، ޙަސަދަވެރިންގެ އެސްފީނާއިން ރައްކާތެރިކޮށްދެއްވުން އެދި ޖިބްރީލްގެފާނު ކުރެއްވެވި ރުޤްޔާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އުނދަގޫކުރަނިވި ކޮންމެ އެއްޗެއްގެ ކިބައިންނާ، ނުބައިވެގެންވާ ކޮންމެ ނަފްސެއްގެ ކިބައިންނާ،  ޙަސަދަވެރިންގެ އެސްފީނާއިން ރައްކާތެރިކޮށްދެއްވުން އެދި ޖިބްރީލްގެފާނު ކުރެއްވެވި ރުޤްޔާ!

އަބޫ ސަޢީދު الخدري رضي الله عنهއަރިހުން ރިވާވެގެން ވެއެވެ. ޖިބުރީލްގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގަތެވެ. އެއަށްފަހު ދެންނެވިއެވެ. އޭ މުޙައްމަދުގެފާނެވެ. ކަލޭގެފާނު ބަލިމަޑުކަމެއްގެ އުނދަގުލެއް ވޭހެއްޔެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. އާނއެކެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. 

((بِاسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَىْءٍ يُؤْذِيكَ مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ بِاسْمِ اللَّهِ أَرْقِيكَ)) 

މާނައީ: “ތިބާއަށް އުނދަގޫކުރަނިވި ކޮންމެ އެއްޗެއްގެ ކިބައިންނާއި އަދި ނުބައިވެގެންވާ ކޮންމެ ނަފްސެއްގެ ކިބައިންނާއި އަދި ޙަސަދަވެރިއެއްގެ އެސްފީނައަކުން ރައްކާތެރިކޮށްދެއްވުން އެދި ﷲގެ އިސްމުފުޅުން ތިބާއަށް ރުޤްޔާކުރަމެވެ. ﷲ ތިބާއަށް ޝިފާ ދެއްވާށިއެވެ! ﷲގެ އިސްމުފުޅުން ތިބާއަށް ރުޤްޔާ ކުރަމެވެ!” [رواه مسلم] 

 -އަލްއަޚް އަބޫ ފުޟައިލް މުއުތަމިން އަޙްމަދު

 

 

 

މިއަދު އޮންލައިން