އުރީދޫ މޯލްޑިވްސް އާއި މެޓަަ ކުންފުނި ގުޅިގެން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކް މެދުވެރިކޮށް ރީޗާޖްކޮށް، އެޑް-އޮންސް ގަނެވޭނެ އިންތިޒާާމް ހަަމަަޖައްސައިފިއެވެ.
އުރީދޫ އިން ބުނެފައިވަނީ މެޓަަ އާއި ގުޅިގެން މި ޚިދުމަތް ފޭސްބުކް މޮބައިލް ސެންޓަރު ފޯރުކޮށްދީފައިވަނީ، އެކުންފުނީގެ ރަސްމީ ޑިޖިޓަލް ޗެނަލްތަކުގެ އިތުރުން، އާންމު ބޭނުންތަކުގެ ޕްލެޓްފޯމްތައް މެދުވެރިކޮށް، ފަސޭހަކަމާއެކު ޚިދުމަތް ހޯދޭނެ ގޮތް ފަހިކޮށްދިނުމަށް ކަމަށެވެ.
"ފޭސްބުކް އަކީ ރާއްޖޭގައި އެކަކު އަަނެކަކާ ގުޅުން ބަދަހިކޮށް، މައުލޫމާތާއި ހަަބަަރު ލިބިގަތުމަަށާއި މުނިފޫހިފިލުވުމަށް ވެސް ބޭނުން ކުރާ ޕްލެޓްފޯމެކެވެ. އެހެންކަމުން މި ޕާޓްނަރޝިޕާއެކު އަޅުގަނޑުމެންގެ ފޭސްބުކް ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު ފަސޭހަަކަަމާއެކު ފޭސްބުކް މެދުވެރިކޮށް ރީޗާޖްކޮށް، ފޭސްބުކް އަދި އެހެނިހެން ޕްލެޓްފޯމްތައްވެސް މެދުކެނޑުމެއްނެތި ބޭނުންކޮށްލެވޭނެ. މެޓަ އާއި އެކު އަޅުގަނޑުމެންގެ ޕަރޓްނަރޝިޕް އިިތުރަަށްް ވަރުގަދަކޮށް އީޖާދީ ހައްލުތަކާ އެކު އަޅުގަނޑުމެންގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަކީ އަޅުގަނޑުމެންްނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް.
ފޭސްބުކް މެދުވެރިކޮށް އެޑް-އޮން ރީޗާޖް ކުރުމަށް ނުވަތަ ގަތުމަށް:
1. ފޭސްބުކަށް ލޮގިން ވުމަށް ފަހު މެނޫ ހިޔާރުކުރައްވާ
2. ސެޓިންގްސް އެންޑް ޕްރައިވެސީ ހިޔާރު ކުރަައްވާ
3. "މޮބައިލް ސެންޓަަރ-އުރީދޫ މޯލްޑިވްސް" ހިޔާރު ކުރެއްވާ
4. ރިޗާާރޖް ހިޔާރު ކޮށް މައުލޫމާާތު ކަަަށަވަރު ކުރައްވާާާ
އުރީދޫ މޯލްޑިވްސް އިން ވަނީ ފޭސްބުކް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިލޭ ފޭސްބުކް ބޭނުންކުރެވޭ ޓެކްސްޓް އޮންލީ ފޭސްބުކް ވަރޝަންވެސް ފަަހިކޮށްދީފައެވެ. މި ހިދުމަތްތަކާއެކު، އުރީދޫ މޮބައިލް ބޭނުންކުރާ ފަރާތްތަކަށް، އެއްވެސް ޑޭޓާ ސަބްސްކްރިޕްޝަނަކާ ނުލާާ، ފޭސްބުކް އަދި ފޭސްބުކް މެސެންޖާގެ ބޭސިކް ވާޝަން ބޭނުންކުރެވޭނެއެވެ. މިއަދު މި ތަައާރަަަފް ކުރި ޙިދުމަތާާއެކު ޕްލެޓފޯމް ތެރެއިން ރިޗާރޖްކޮށް، ޓެކްސްޓް އޮންލީ ވަރޝަން އިން ފޭސްބުކް ގެ ފުރިހަަމަަަ ވަރޝަންއަށް ބަަަދަލުކޮށް ވީޑިއޯ އަދި ފޮޓޯ ބަަލާާލެވޭނެއެވެ.