މިސްކިތުގައި ނަމާދުކުރާއިރު އަޑުއިވޭތީ އެ ނަމާދު ގޭގައި ކުރުމަކީ އެދެވިގެންވާ ކަމެއްތޯ؟: ޑރ. އިޔާޟްގެ ޖަވާބު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
މިސްކިތުގައި ނަމާދުކުރާއިރު އަޑުއިވޭތީ އެ ނަމާދު ގޭގައި ކުރުމަކީ އެދެވިގެންވާ ކަމެއްތޯ؟: ޑރ. އިޔާޟްގެ ޖަވާބު

ސުވާލު: މިސްކިތުގައި ނަމާދުކުރާއިރު އަޑުއިވޭތީ އެ ނަމާދު ގޭގައި ކުރުމަކީ އެދެވިގެންވާ ކަމެއްތޯ؟ 

ޖަވާބު: އާދެ! މިސްކިތުގައި ނަމާދު ކުރާ އިރުގައި މިސް ކިތުގައި ނަމާދު ކުރާއަޑު އަޅުގަނޑުމެންގެ ގެއަށް އިވުނުކަމުގައި ވީނަމަވެސް އަޅުގަނޑު މެންނަށް ގޭގައި ތިބެގެން ނަމާދު ކުރާކަމުގައި ވަނީނަމަ އެ ޖަމާޢަތުގައި ނަމާދު ކުރިކަމަކަށް ނުވާނެ! އެސަބަބަކީ ޖަމާޢަތުގައި ނަމާދު ކުރެވޭނީ ސަފުތައް ގުޅިގެން އައިސްގެން. އެ ސަފުތައް ވަރަށް ބޮޑަށް މެދުކެނޑިފައި އޮންނާނީ މިސްކިތުގައި ކުރާނަމާދެއްގައި ޖަމާޢަތުގައި ގޭގައި ތިބެގެން ބައިވެރިވާކަމަށް ވަނީނަމަ ވަރަށް ބޮޑަށް މެދުކެނޑުމެއް އޭރަށް އަންނާނެ. 

އެހެންވީމާ އެއީކީ ޖަމާޢަތުގައި ކުރިކަމަކަށް ނުވާނެ. އެހެންނަމަވެސް އޭނާގެ ނަމާދު މިސާލަކަށް އޭނައަށް ފަސޭހައީ އިމާމެއްގެ ފަހަތުގައި ކުރަންކަމަށް ވާތީވެ އިމާމާއެކުގައި އޭނާ ނަމާދު ކުރީމައި  އޭނާ ނަމާދު ކުރިކަމަށްވާނެ. انشاء الله ނަމާދު ޞައްޙަވެސް ވާނެ. އިރާދުކުރެއްވިއްޔާ.  އެކަމަކު އެއީ ޖަމާޢަތުގައި ކުރި ނަމާދެއްކަމުގައެއް ނުވެއް ބެލެވޭނެ.  

- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން