ސްޓިކަރ ޖެހުން: ޤާނޫނުގަ އޮންނަނީ ޓްރެފިކް ފުލުހުން ބޭނުންވާ ވަކި ބައެއްގެ ސައިކަލުގަ ސްޓިކާ ޖަހަންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ސްޓިކަރ ޖެހުން: ޤާނޫނުގަ އޮންނަނީ ޓްރެފިކް ފުލުހުން ބޭނުންވާ ވަކި ބައެއްގެ ސައިކަލުގަ ސްޓިކާ ޖަހަންތޯ؟

"އަޅުގަނޑުގެ ސައިކަލުގާ ޖެހިޖެހިގެން 2 ދުވަހު ސްޓިކާ ޖެހި ސަރަޙައްދުގައި މާބޮޑަށް ޤަވާއިދާއި ޚިލާފަށް އިއްޔެ ހަވީރު 3 ސައިކަލް ހުއްޓެވެ. ޓްރެފިކް ފުލުހަކު އަތުން ކޮންމެވެސް އެއްޗެއް ހިފައިގެން އެ 3 ސައިކަލް ކައިރީގައި އެއިރު އެކްޝަން ދައްކައެވެ. ބުނީ މިއުޅެނީ ސްޓިކާ ޖަހަންވެގެން ކަމަށެވެ.

ކުށަކަށްވީނަމަވެސް ބުނެވުނީ ތިއަ ކުޅުއްވަނީ ފިލްމެއް ކަމަށެވެ! އަބަދުވެސް ތިއަ ސައިކަލްތައް ތިއަތާ ކައިރީގައި ހުރެއެވެ. ސްޓިކާ ޖަހާކަށް ނުކެރެއެވެ. އަދި މިތަނުން 2 ދުވަހުވެސް އަޅުގަނޑުގެ ސައިކަލުގާ ސްޓިކާ ޖެހީ އަޅުގަނޑުގެ ސައިކަލަށްވުރެ ބޭރަށް ހުރި 3 ސައިކަލުގައި ނުޖަހައެވެ. 

އެހެން ބުނެފައި ތަންކޮޅެއް ދުރަށް ޖެހިލާފައި އެނބުރި ބަލައިލިއިރު ފުލުސް ބޭފުޅާ ވަޑައިގަންނަވަނީއެވެ. ސްޓިކާއެއް ނުޖައްސަވައެވެ!"

މިކަން ހިނގީ އިއްޔެ ހަވީރު 6 ޖަހާ އެހާކަންހާއިރު މަޖީދީމަގު ޖަންބުގަސްދޮށުގޭ ކަންމަތީގައެވެ.

ސުވާލަކީ ސްޓިކާ ޖަހަން ޤާނޫނުގައި އޮންނަނީ ފުލުހުން ބޭނުންވާ ވަގުތަކު ބޭނުންވާ ސައިކަލެއްގައިތޯއެވެ؟  

މިއަދު އޮންލައިން