7 މިނިޓް ޤްރްއާނާ ތަކްބީރު އަޑުއަހަން ބޭނުންނުވާ މުސްލިމަކު ހުންނާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
7 މިނިޓް ޤްރްއާނާ ތަކްބީރު އަޑުއަހަން ބޭނުންނުވާ މުސްލިމަކު ހުންނާނެތަ؟

ނަމާދުކުރާއިރު މިސްކިތުގެ ތާޅަފިލި ކަނޑާލަން އިސްލާމިކް މިނިސްޓްރީން އަމުރުކުރާ ކަމަށް ބައެއް އިމާމުން އެބަބުނެއެވެ. ކައިރީގައި އުޅޭ ބައެއް މީހުންނަށް އުނދަގޫވެ ޝަކުވާކުރާތީކަމަށް ބުނެއެވެ. 

ރޭގަނޑުގެ ނަމާދަކަށް ބެލިނަމަވެސް ބާރަށް ޤުރްއާން ކިޔަވާ 2 ރަކްއަތުގައި ޤުރްޢާން ކިޔަވާ އަޑު އިވޭނީ 7 ވަރަކަށް މިނިޓުގައެވެ. ސުވާލަކީ 7 މިނިޓް ޤްރްއާނާ ތަކްބީރު އަޑުއަހަން ބޭނުންނުވާ މުސްލިމަކު ހުންނާނެތޯއެވެ؟ 

އިބްރާހީމީ މިސްކިތަށްވެސް އެހާލު ޖެހުނެވެ. އެންމެ މީހަކު ކުރާ ޝަކުވާއަށް ތާޅަފިލި ކަނޑާލުމުން އެތައް ސަތޭކަ ބައަކު ތާލަފިލީގެ އަޑު ދުރަށް ފޮނުވައި ދިނުމަށް އެދުމުން އެއަޑު އިވުނު ވެރިއަކު ހުރިކަމަށް އޮތީ ނުވަފައެވެ. އެކަމަކު ޤައުމުގެ ވެރިން މައިކެއް ކައިރީގައި ހުއްޓިއްޖެ ނަމަ ދައްކަނީ އިސްލާމް ދީން މަތިވެރިކުރުމުގެ ވާހަކައެވެ. 

"އިސްލާމް ދީނަކީ ދުނިޔެ ހިންގަން ޖެހޭ ގޮތް ކަނޑައެޅިފައިވާ ނިޒާމެވެ. އެއީ ދުނިޔޭގެ ދުސްތޫރެވެ. ނަމަވެސް، ކާފިރުންނާއި ލާދީނީ މީހުން ބޭނުންވަނީ އިސްލާމް ދީނަކީ މިސްކިތުގެ ހަތަރު ފާރުގެ ތެރޭގައި އޮންނަ ކަސްރަތު ކުލާސްތަކަކަށް ހަދާށެވެ." 

ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވެފައިވާ މިބަސްފުޅަށް ސަރުކާރުން ޢަމަލުކުރަމުން ގެންދާތަން ދަނީ ފެންނަމުންނެވެ.

މިއަދު އޮންލައިން