ތައުބާނުވެ ހުރެ ކުރާ ހެޔޮޢަމަލު ﷲ ޤަބޫލުފުޅު ކުރައްވާނެތޯ؟: ޑރ. އިޔާޟްގެ ޖަވާބު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ތައުބާނުވެ ހުރެ ކުރާ ހެޔޮޢަމަލު ﷲ ޤަބޫލުފުޅު ކުރައްވާނެތޯ؟: ޑރ. އިޔާޟްގެ ޖަވާބު

ސުވާލު: ތައުބާނުވެ ހުރެ ކުރާ ހެއުޢަމަލު ﷲ ޤަބޫލުފުޅު ކުރައްވާނެތޯ؟ 

ޖަވާބު:. އާދެ! ޤަބޫލު ކުރައްވާނެ އިނގޭތޯ ތައުބާ އަދި ނުވިކަމުގައިވިނަމަވެސް އޭނާ ކުރާ ހެއު ޢަމަލެއް ކަމަށްވަނީނަމަ އެކަން ﷲ ޤަބޫލު ކުރައްވާނެ. ދެން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ ކުށެއް ކުރެވުނީމައި ލަސްނުކޮށް ވީ އެންމެ އަވަހަކަށް ތައުބާވުން، ތައުބާ ލަސްނުކުރުން. އެ ސަބަބަކީ މަރު އައިސް ބައްދަލުކުރާނީ ކޮން އިރަކުން ކަމެއް އަޅުގަނޑުމެންކުރެ އެއްވެސް މީހަކަށް ނުވެއް އިނގޭ އެހެންވީމާ އެކަން ނޭންގޭ އިރުގައި އަޅުގަނޑުމެން ތައުބާ ވުން ލަސްކޮށްލާފަ ބެހެއްޓުން އޭކީ އެއްގޮތަކަށްވެސް ކުރުން ބުއްދިވެރި ކަމެއް ނޫން. އެކަން ހަމަ ލަސްނުކޮށް ވީ އެންމެ އަވަހަކަށް ކުރައްވަންވާނެ. 

ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން