މީސްތަކުންނާ ޢަރްޝި އާ ދެމެދުގައިވާ ރާސްތާއަކީ ކުރާ ދުޢާ އެވެ!: އިމާމް އަޙްމަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
މީސްތަކުންނާ ޢަރްޝި އާ ދެމެދުގައިވާ ރާސްތާއަކީ ކުރާ ދުޢާ އެވެ!: އިމާމް އަޙްމަދު

އިމާމް އަހްމަދުގެ އަރިއަހުގައި ދެންނެވުނެވެ. "އަހަރެމެންނާއި (ﷲ ވޮޑިގެންވާ) ޢަރުޝި އާއި ދެމެދުގައިވާ ރާސްތާ ނުވަތަ ދުރުމިނަކީ ކޮބައިތޯއެވެ؟" ޖަވާބުގައި ވިދާޅުވިއެވެ. "އިޚްލާޞްތެރި ހިތަކުން އިޚްލާޞްތެރިކަމާއިއެކު ކުރާ ދުޢާއެވެ."

މީސްތަކުންނޭވެ! އިމާމް އަޙްމަދުގެ މި ބަސްފުޅުން ވެސް އެނގިގެންދަނީ އިޚްލާޞްތެރި ހިތަކުން، އިޚްލާޞްތެރިކަމާއިއެކު ކުރާ ދުޢާ ﷲ ތަޢާލާގެ ޙަޟްރަތަށް ވަގުތުން ފޯރަމުންދާނެ ކަމެވެ. ވީމާ ބޭނުންވާހައިވެސް ކަމަކީ ހަމަ އިޚްލާޞްތެރިކަން ކަމެވެ.

ހިތުގެ އިޚްލާޞްތެރިކަމުގެ މާނަ ވަރަށް ގިނައެވެ. ހިތުގެ އިޚްލާޞްތެރިކަމަކީ އިޚްލާޞްތެރި ތައުބާއަކުން ތައުބާވުންމަތީގައި ދެމިހުރުމެވެ. ފާފައެއް ދެން ނުކުރަން އިޚްލާޞްތެރިކަމާއިއެކު ޢަޒުމް ކަނޑައަޅައިގެން ހުރުމެވެ. އެފަދައިން ހުރި އެއްވެސް މީހަކަށް މާޔޫސްވާކަށް ނުޖެހޭނެއެވެ! ފާފަތައް ގިނަވެ ފުއްސަވައި ނުދެއްވައިފާނެ ކަމަށް ޒައްރެއްގެ މިންވަރަށްވެސް ޝައްކުކުރުމެއް ނެތެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފުސްތަކުގެ މައްޗަށް ފާފައިން އިސްރާފް ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިއަބައިމީހުން ﷲ ގެ ރަހްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަހީމް ވަންތަ ރަސްކަލާނގެއެެވެ." (އައްޒުމަރު: 53)

 

މިއަދު އޮންލައިން