ޙަޔާތަށް ފުރިހަމަ ބައިވެރިއަކު ނުލިބިގެން ކަންބޮޑުވުމަށްވުރެ ބޮޑަށް ކަންބޮޑުވާންވީ ލިބިފައިވާ ހުރިހާ ގޮތަކުން އެންމެ ފުރިހަމަ ބައިވެރިޔާ ގެއްލިދާނެތީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޙަޔާތަށް ފުރިހަމަ ބައިވެރިއަކު ނުލިބިގެން ކަންބޮޑުވުމަށްވުރެ ބޮޑަށް ކަންބޮޑުވާންވީ ލިބިފައިވާ ހުރިހާ ގޮތަކުން އެންމެ ފުރިހަމަ ބައިވެރިޔާ ގެއްލިދާނެތީއެވެ!

ޙަޔާތަށް އެންމެ ފުރިހަމަ ބައިވެރިއަކު ނުލިބިގެން ކަންބޮޑު ނުވާށެވެ! ކަންބޮޑުވާންވީ ލިބިފައިވާ ހުރިހާ ކަމަކުން އެންމެ ފުރިހަމަ ބައިވެރިޔާ ގެއްލިދާނެތީއެވެ. އެއީ ﷲ ތަޢާލާއެވެ. ތިބާ ﷲ ތަޢާލާ އާއިއެކުގައި ވުމުން ﷲ ތަޢާލާ ވޮޑިގެންވާނީ ތިބާ އާއިއެކުގައެވެ.

ތިބާ އާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންވާނަމަ ހަޔާތުގެ ބައިވެރިޔާ އާއިމެދު ވެސް ކަންބޮޑުވާކަށް ނުޖެހޭނެއެވެ. ތިބާއަށް ބޭނުންވާނެ ހުރިހާ ކަންކަމެއް ﷲ ތަޢާލާ ގެންދަވާނީ ފުރިހަމަކޮށްދެއްވަވަމުންނެވެ.

ގަދަ އަޅައި މަސައްކަތް ކުރަންވީ ތިމާގެ އަމަލުތައް ސީދާ ކުރުމަށެވެ. އެކަން ކުރެވޭނީ ހިތް ސީދާ ކުރެވިގެންނެވެ. ހިތް ސާފުކުރެވިގެންނެވެ. މިކަންކަމުގެ ތަޅުދަނޑިއަކީ ހަމަ ޢަޤީދާ ވަރުގަދަކުރުމަށެވެ. ހަރުދަނާ ޢަޤީދާއެއްގެ މަތީގައި ސާބިތުވެވިއްޖެ ނަމަ ދެން ހުރި ހުރިހާ ކަމެއް ކުރިއަށް ދާނީ ސީދާ ގޮތުގައެވެ.

ދުނިޔޭގައި ހުރިހާ ކަންކަން އެންމެ ފުރިހަމަވުމަށް ނުއެދޭށެވެ! ދަތި އުނދަގުލާއި ހިތްހަމަ ނުޖެހުމުގައި ދިރިއުޅެން ޖެހުމަކީ ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެއް ކަމަށް އަބަދުވެސް ބުނަނީ އެކަމުން ލިބެން އޮތް ފައިދާ ހަމަ ބޮޑުކަމުންނެވެ.

ޙަޔާތުގެ ހުރިހާ ކަންކަން އެންމެ ފުރިހަމަވެއްޖެނަމަ ﷲ ތަޢާލާގެ މަތިން ހަނދާން ކުރެވުން މަދުވާނެއެވެ. ﷲ ތަޢާލާ އާއި ބާއްވަން ޖެހޭ ގުޅުންވެސް ކުޑަކުރެވޭނެއެވެ. ވީމާ ހިތްހަމަ ނުޖެހޭ ކަންކަން މެދުވެރި ކުރައްވަވަނީ ތިބާ ދެކެ ﷲ ތަޢާލާ ލޯބިފުޅުވެވޮޑިގަންނަވާތީކަން ޔަޤީންކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން