ބެލެނިވެރިއަކާނުލައި ކުޑަކުދިން އެކަނި ދެނަމާދުދޭތެރޭ ބޭރުތެރެއަށް ދޫކޮށްލާފައި ބެހެއްޓުން ވަނީ މަނާވެގެން!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ބެލެނިވެރިއަކާނުލައި ކުޑަކުދިން އެކަނި ދެނަމާދުދޭތެރޭ ބޭރުތެރެއަށް ދޫކޮށްލާފައި ބެހެއްޓުން ވަނީ މަނާވެގެން!: ޑރ. އިޔާޟް

ސުވާލު:. ބައެއް ފަހަރަށް ބުނޭ ކުޑަކުދިންގެ އެއްޗެހި އިރުއޮށްސުމުގެ ކުރިން ގެއަށް ވައްދައްޗޭ ކޮންކަހަލަ ކަމެއްތޯ؟ 

ޖަވާބު:. އެއީ ރަނގަޅު ވާހަކައެއް ނޫން! އިނގޭތޯ އެހެން ނަމަވެސް ކުޑަކުދިން އެކަނި ބެލެނިވެރިއަކާނުލައި އެގަޑީގައި ބޭރުތެރެއަށް ދޫކޮށްލާފައި ބެހެއްޓުން އެއީ މަނާވެގެންވާކަމަކީ. އެކަމަކު ބެލެނިވެރިއަކާ އެކީގައި އުޅޭ ކަމުގައި ވަނީނަމަ އެއީކީވެސް މައްސަލައެއްނޫން. ބެލެނިވެރިއަކު ނެތި އެކަނި ދޫކޮށްލުން އެގަޑީގައި މަނާވެގެންވަނީ. އޭގެ ތެރެއަކަށް ކުޑަކުދިންގެ ހެދުމާއި، އެ އެއްޗިއްސެން ނުވެއް ވަންނާނެ. 

- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް   

މިއީ އަޅުގަނޑުމެންގެ ސަމާލުކަން އިތުރުކުރަންޖެހިފައިވާ ކަމެކެވެ. މާލޭގައިވެސް ރާއްޖެތެރޭގައިވެސް ކުޑަކުދިން އެވަގުތު ގޯތިތެރެއަށް ދޫކޮށްލެވިފައިތިބޭތަން އެބަފެނެއެވެ. ބައެއް ބެލެނިވެރިންނަށް ޤަބޫލުކުރެވިފައި އޮންނަނީ ގޯތިތެރެއަކީ ގެއިން ބޭރު ނޫން ކަމަށެވެ.  

މިއީ ޞަޙީޙް ޙަދީޘްފުޅުން ސާބިތުވާން އޮތް ކަމެކެވެ.  

“When the wings of the night spread  – or when evening comes – keep your children in, for the devils come out at that time. Then when part of the night has passed, let them go. And close the doors and mention the name of Allaah, for the shaytaan (devil) does not open a closed door. And tie up your waterskins and mention the name of Allaah, and cover your vessels and mention the name of Allaah, even if you only put something over them, and extinguish your lamps.” 

Narrated by al-Bukhaari (3280) and Muslim (2012).   

ގުޅުންހުރި ލިޔުމެއް: 

https://islamqa.info/en/answers/125922/when-the-wings-of-the-night-spread-keep-your-children-in-for-the-devils-come-out-at-that-time

 

މިއަދު އޮންލައިން