ޝަޢުބާން މަހު ވީހާ ގިނައިން ރޯދަހިފަން ޖެހެނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޝަޢުބާން މަހު ވީހާ ގިނައިން ރޯދަހިފަން ޖެހެނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟

ރޯދަހިފުމަކީ ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވެން އޮތް އެއް މަގެވެ. އެންމެ ބޮޑަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ކުރެވެން އޮތް ޢަމަލެވެ. ދެވަނަ ބަލައިލަންވީ ރަސޫލް އެންމެ ގިނައިން ރޯދަހިއްޕެވި މަހަކީ ޝަޢްބާން މަސްކަމުގައި ހެއްދެވި ސަބަބަށެވެ. އެކަމުގެ ޙިކުމަތަށެވެ. 

އަހުރެންނަށް ވިސްނޭގޮތުން އެކަމުގެ ޙިކުމަތަކީ ރަމަޟާން މަސް އަންނަންވާއިރަށް ވީހައި ބޮޑަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯއްދެވުމެވެ. ވީހައި ބޮޑަކަށް ﷲ ތަޢާލާ އާއި ކުއްތަންވެވަޑައިގަތުމެވެ. އެއީ ރަމަމާން މަހުގެ ފައިދާ އެންމެ ބޮޑަށް ލިބިވަޑައިގަތުމަށް އެދިވަޑައިގަންނަވާތީއެވެ. (މިބުނީ ޙަދީޘްފުޅުތަކުގައި ބަޔާން ކުރައްވަވާފައިވާ ކަންކަމުގެ އިތުރުންނެވެ.) 

މީސްތަކުންނޭވެ! އަހަރެމެންނަށްވެސް އޮތީ ހަމަ މިމަގުން ކުރިއަށްދާން ގަދައަޅައި މަސައްކަތްކުރުމެވެ. އަހަރެމެންވެސް ޙާޞިލްކުރަން މިއުޅެނީ ހަމަ އެއް ކަމެކެވެ. ﷲ ތަޢަލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ރަމަޟާން މަހާއި ބައްދަލުކުރުމެވެ. ރަމަޟާން މަހުގެ ފައިދާ ވީހާ ބޮޑަށް ލިބިގަތުމެވެ. 

އަދިވެސް ވިސްނައިލާށެވެ! ޞަޙާބީންވެސް ރަމަމާން މަސް ފިޔަވައި އެންމެ ގިނަ ވަގުތު ޤުރްއާނާއިއެކު ހޭދަކުރައްވަވާފައިވަނީ ޝަޢްބާން މަހުގައެވެ. އެއީ ރަމަމާންމަހަށް ތައްޔާރުވެވަދައިގަތުމުގެ ގޮތުންނެވެ. އެބޭކަލުންގެ ހިތްޕުޅުގައި ދުނިޔޭގެ ކަންކަމަށް ސަމާލުކަމެއް ނެތެވެ. ހުރިހާ ސަމާލުކަމެއްވެސް ދެއްވަވާފައިވަނީ އާޚިރަތަށެވެ. އާޚިރަތް ބާއްޖަވެރި ކުރެއްވުމަށެވެ. 

- މިއީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގްރީންލޭންޑްގެ މިސްކިތެއްގައި ދީފައިވާ ދަރުސަކުން ފާހަގަކޮށްލާފައިވާ ބައެއް ކަންކަމެވެ. މުސްލިމުންގެ ޢަދަދު އެހައި މަދު ަުމުތަކުގައިވެސް މުސްލިމުން އެވަނީ ރަމަމާން މަހަށް ތައްޔާރުވުމުގެ މަސައްކަތް ކުރިއާލައި ފަށައިފައެވެ.)

މިއަދު އޮންލައިން