ބޭނުންވާ ކަންކަން ޙާޞިލްނުވަނީހެއްޔެވެ؟ މި 6 ކަމުން ނިކަން ދުވަސް ފަށައިބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ބޭނުންވާ ކަންކަން ޙާޞިލްނުވަނީހެއްޔެވެ؟ މި 6 ކަމުން ނިކަން ދުވަސް ފަށައިބަލާށެވެ!

ކޮންމެ މީހަކު ވެސް ބޭނުންވާނީ އެންމެ ފައިދާހުރި ގޮތުގައި ދުވަސް ފަށާށެވެ. އެންމެ ފައިދާހުރި ގޮތުގައި ދުވަސް ފެށޭނީ ގަޑި ނުޖެހި މަސައްކަތު ދިއުމަކުން ނޫނެވެ. އެއިގެ ކުރިން ކުރަން ޖެހޭ 6 ކަމެއް ވެއެވެ.

އެއީ:

1 ފަތިސްވުމުގެ ކުރިން ދަމުނަމާދުކުރުން

2 ފަތިސްވުމުން ފަތިސް ނަމާދުގެ އިހު ސުންނަތް ކުރުން

3 ފަތިސް ނަމާދުކުރުން

4 ޛިކްރުކުރުން

5 ކީރިތި ޤުރްއާނުން މިންވަރެއް ކިޔެވުން

6 ޟުޙާ ނަމާދުކުރުން މިއެވެ.

މިއީ މިކަންކަން ކުރަން ޢަޒުމް ކަނޑައަޅައިފި މީހަކަށް ކުރަން އެއްވެސް ބުރަކަންކަމެއް ނޫނެވެ. މި 6 ކަންތަކުން ދުވަސް ފަށާ މީހާއަށް ﷲ ތަޢާލާގެ ރަޙްމަތް ދާނީ އޮހެމުންނެވެ. އަދި ކޮންމެ ދުވަހަކުވެސް އެމީހަކު ހުންނާނީ ﷲ ތަޢާލާގެ ބެލެނިވެރިކަމުގެދަށުގައެވެ. އެމީހަކަށް އެއްވެސް ދެރައެއް ގެއްލުމެއް ދެވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ.

މަސައްކަތު ދިއުމަށްފަހު ޟުޙާ ނަމާދު ކުރެވޭނެ ކަމުގެ ޔަޤީންކަން ނެތް މީހުން މަސައްކަތު ދިއުމުގެކުރިން ކޮނަމެ ގޮތަކުން ނަމަވެސް ޟުޙާ ނަމާދުކުރަން އާދަކުރާށެވެ! އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް ފެންނާނެއެވެ! އިންޝާ ﷲ

މިއަދު އޮންލައިން