ސ. ނޫރު ސޫރަތުގެ 31 ވަނަ އާޔަތާއި އަހްޒާބު ސޫރަތުގެ 59 ވަނަ އާޔަތުންކުރެ ފަހުން ބާއްވާލެއްވުނީ ކޮން އާޔަތެއްތޯ؟
ޖ. އަޅުގަނޑަކަށް ސީދާ އެތަނުން ފަހުން ބާއްވާލެއްވުނީ ކޮށް އާޔަތެއްކަމެއް ދަންނަވާކަށް ނޭންގެ. އެހެން ނަމަވެސް ކުރިން ބާއްވާލެއްވިއަސް ފަހުން ބާއްވާލެއްވިއަސް އެ ދެ އާޔަތުގައި އެއްވެސް ކަހަލަ ފުށު އެރުމެއް ނެތް. އެހެންވީމާ، ފަހަރެއްގައި އެ ސުވާލު ކުރެއްވި ބޭފުޅެއްގެ ހިތްޕުޅުގައި އުފެދިފައި އޮވެދާނެކަންނޭންގެ އެއީ މަންސޫޚު ވިއްޔޭ. ފަހުން ބާއްވާލެއްވި އާޔަތުގެ ސަބަބުން ކުރިގައި ބާއްވާލެއްވި އާޔަތް މަންސޫޚު ވީކަމަށް ފަހަރެއްގައި ހީފުޅުވެގެންކަން ނޭންގެ އެ ސުވާލު އެގޮތަށް އެ ކުރެއްވީ.
އެހެން ނަމަވެސް އެއްގޮތަކަށްވެސް އެއީކީ މަންސޫޚް ވެފައެއް ނޫން. ސަބަބަކީ އެ ދެއާޔަތުގައި އެއްގޮތަކަށް ވެސް ހުކުމުގައި ނެތް ތަޢާރުޒެއް. އޭގައި ވާގޮތަކީ " إِلَّا مَا ظَهَرَ مِنْهَا" އަންހެނާގެ އައުރަ "وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا" އަންހެން ކަނބަލުންގެ ޒީނަތުން ފާޅުވީ މިންވަރެއް މެނުވީ ނުދައްކާށެވެ. އެހެން އާޔަތުގައި މި އޮންނަނީ. ދެން އެތަންކޮޅު ތަފްޞީރު ކުރެއްވުމުގައި ބައެއް ޢިލްމުވެރިން ވިދާޅުވަނީ "إِلَّا مَا ظَهَرَ مِنْهَا" ފާޅުވީ މިންވަރޭ އޮތް ބަސްފުޅުގެ މުރާދަކީ އެއީ މޫނާއި ދެއަތްތިލައެވެ.
އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ ނޫނެކޭ މުޅި ހަށިގަނޑޭ ފޭރާމުގެ ބޭރުފުށަށް ފެންނަންއޮތް މިންވަރެއް އެކަންޏޭ އޭގަފާޅުވި މިންވަރަކީ އެގޮތަށް ތަފްޞީރު ކުރުމުގެ ތެރޭގައި މުފައްސިރުންގެ ތެރޭގައި އުޅޭ ޚިޔާލު ތަފާތުވުން ތަފާތުވުމަކީ އެއީ އެއްވެސް ޙާލެއްގައި އެ ދެއާޔަތުގައި ތަޢާރުޒެއް އުޅެގެން އުފެދިގެން އުޅޭ ޚިޔާލު ތަފާތުވުމެއްނޫން އެއްގޮތަކަށްވެސް.
- ޖަވާބު ދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް