ސުވަރުގޭގައި ރަސޫލް (ﷺ) އަރިއަހުގައި ވުމަކީ ކޮންމެ މީހަކުވެސް އެންމެ އެދޭނެ ކަންތަކެވެ. އެހެނީ ރަސޫލް (ﷺ) ޚާއްޥަވެގެންވަނީ ސުވަރުގޭގެ އެންމެ މަތީ މަޤާމެވެ. އެ ފެންވަރަށް ތިމާގެ މަޤާމު އުފުލިގެންވުމަކީ ކޮންމެ މުސްލިމަކުވެސް އެންމެ އެދޭނެ ކަންތަކެވެ.
ޔަތީމް ކުއްޖަކަށް އެހީތެރިވުމުގައި ވެސް އެމީހެއްގެ ފެންވަރުނެ އެކަން ކުރާށެވެ! ކޮންމެ މީހަކީ ކުއްޖެއްގެ ހުރިހާ ކަންކަން ފުރިހަމަކޮށް ދެވޭނެ މީހެއް ނޫނެވެ. ނަމަވެސް އެކަމަށް ޢަޒުމް ކަނޑައަޅައިފިނަމަ ކޮންމެ މީހަކަށްވެސް އެމީހެއްގެ ފެންވަރުން ކޮންމެވެސް ކަމެއް ކޮށްދެވޭނެއެވެ.
އެންމެ މަތިވެރި ޞަދަޤާތަކީ ސިއްރިޔާތުގައި ފަޤީރަކު ފަޤީރަކަށް ކުރާ ޞަދަޤާތެވެ! ވީމާ ތަނަވަސްކަން ލިބެންދެން ޞަދަޤާތް ނުކޮށް ހުރުމެއް ނެތެވެ! އެމީހަކަށް ލިބުނު މިންވަރަކުން ޞަދަޤާތްކޮށް އެހީތެރިވެދޭށެވެ! ކޮންމެ މީހެއްގެ ޙާލަތުވެސް ﷲ ތަޢާލާ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ.
ޞަޙާބީން އެބޭކަލުންނާއި އެބޭކަލުންގެ އަނބިދަރިން ފަރިއްކުޅުއްވަން ހުންނަ އެތިކޮޅު މެހްމާނުންނަށް ދެއްވަވާފައި ފަރިއްނުކުޅުއްވަވައި އަވަހާރަފުޅު ލެއްޕެވިކަން ހިތްމައްޗަށް ގެންނާށެވެ! އެފަދަ ކަމަކާއި ގުޅިގެން ﷲ ތަޢާލާ ވަގުތުން ތަޢްރީފްގެ ބަސްފުޅު ވަހީކުރެއްވެވިކަން އަބަދުވެސް ހަނދާންކުރާށެވެ!
ރަސޫލް (ﷺ)ގެ އެއްވެސް ގަނޑުވަރުކޮޅެއްގައި މެހްމާނަށް ކާން ދެއްވާނެ އެއްވެސް އެއްޗެއް ނެތުމުން ޞަޙާބީންގެ އެހީތެރިވަޑައިގަތުމުން އެކަމަށް ޞަޙާބީ ކުރިމަތިލެއްވެވީ ގެކޮޅުގެ ދަތިޙާލު ހުރި ގޮތް އެނގިވަޑައިގެން ހުންނަވައެވެ. މިއަދު އަހަރެމެންނަށް ޙަދީޘްފުޅު ކުރައްވަވާކަށް ރަސޫލް (ﷺ) މިދުނިޔެއަކު ނެތެވެ. ނަމަވެސް ރަސޫލް (ﷺ)ގެ ޙަދީޘްފުޅުތައް ހަމަ މިހިރީ ފެންނާށެވެ.
Prophet Mohammad (ﷺ) said,
"--and the person who looks after an orphan and provides for him, will be in Paradise like this," putting his index and middle fingers
together."
Sahih al-Bukhari 6005
--އިސްލާމީ ތިލަފަތުގެ ދަރުސަކުން