ރަސޫލް (ﷺ) ޢަބްދުﷲ ބިން ޢައްބާސް އަށް ޙަދިޘްފުޅު ކުރެއްވެވިއެވެ.
"ޒުވާނާއެވެ. ބަސްފުޅެއް ދަސްފުޅުކޮށްދެއްވާހުށީމެވެ. "ﷲ ގެ މަތިން ހަނދުމަކުރުންމަތީގައި ދެމިހުންނާށެވެ! ތިބާގެ ކަންކަމަށް ﷲ ބައްލަވައިވޮޑިގަންނަވާނެތެވެ. (ތިބާގެ ކަންކަން ބަލަހައްޓަވާނެތެވެ.) ﷲ ގެ މަތިން ހަނދުމަކުރުންމަތީގައި ދެމިހުންނާށެވެ! ތިބާގެ ފަރާތުގައި ﷲ ވޮޑިގެންވާކަން ތިބާއަށް ފެންނާނެތެވެ. ކަމަކަށް ދަންނަވަން ވެއްޖެނަމަ ﷲ އަށް ދަންނަވާށެވެ. އެހީއަކަށް ބޭނުނވި ނަމަވެސް ﷲ ގެ ޙަޟްރަތުން އެދޭށެވެ.
މުޅި ދުނިޔެ އެކުގައި ތިބާއަށް އެހީތެރިވާން މަސައްކަތްކުރި ނަމަވެސް ﷲ ލިޔުއްވަވާފައިވާ ކަމެއް ކޮށެއް ނުދެވޭނެއެވެ. މުޅި ދުނިޔެ އެކުގައި ތިބާއަށް ގެއްލުމެއް ދޭން މަސައްކަތްކުރި ނަމަވެސް ﷲ ލިޔުއްވަވާފައިވާ ގެއްލުމެއް ނުދެވޭނެއެވެ. ގަލަންތައް އުފުލިއްޖެއެވެ. ޞަފްޙާތައް ހިކިއްޖެއެވެ."