ދަމުނަމާދުކުރުމުގެ މާތްކަން މި ޙަދީޘުން އެނގިގެންދެއެވެ.
ދަމުނަމާދާއިބެހޭ ގޮތުން ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
«عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأَبُ الصَّالِحِينَ قَبْلَكُمْ وَقُرْبَةٌ إِلَى اللَّهِ تعالى وَمَنْهَاةٌ عَنْ الْإِثْمِ وَتَكْفِيرٌ لِلسَّيِّئَاتِ وَمَطْرَدَةٌ لِلدَّاءِ عَنْ الْجَسَدِ »
މާނައީ : "ތިޔަބައިމީހުން ރޭއަޅުކަންކުރާށެވެ. ފަހެ ހަމަކަށަވަރުން އެއީ ތިޔަބައިމީހުންގެ ކުރިން އުޅުއްވި ޞާލިޙުންގެ ގޮތެވެ. އަދި ﷲގެ ޙަޟުރަތަށް ވެވޭ ކުއްތަން ވުމެކެވެ. އަދި ހުތުރު ކަންތައްތަކާ ދުރުހެލިކުރުވާ ކަމެކެވެ. އަދި ފާފަތަކުގެ ކައްފާރާއެކެވެ. ހަށިގަނޑަށް ދިމާވާ ބަލިތައް ދުރުކޮށްދޭ ކަމެކެވެ."
މި ޙަދީޘް ރިވާކުރައްވާފައިވަނީ އިމާމު އަޙްމަދާއި ތިރުމިޛީއާއި އިބްނު ޢަސާކިރެވެ. އަދި މިއީ ޞައްޙަ ޙަދީޘެއްކަމުގައި އިމާމް އަލްބާނީ ވިދާޅުވެފައިވެއެވެ.