މަސްތުވާތަކެތި ބޭނުންކުރާކުދިންނަށް ފައިސާގެ އެހީދިނުމަކީ ކޮންކަހަލަކަމެއްތޯ؟: ޑރ. އިޔާޟްގެ ޖަވާބު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
މަސްތުވާތަކެތި ބޭނުންކުރާކުދިންނަށް ފައިސާގެ އެހީދިނުމަކީ ކޮންކަހަލަކަމެއްތޯ؟: ޑރ. އިޔާޟްގެ ޖަވާބު

ސުވާލު:. މަސްތުވާތަކެތި ބޭނުންކުރާ ކުދިން ފައިސާގެ އެހީތެރިކަން އެދޭ! ސައިބޯން އެއްޗެހިގަންނަން އަދި އެކި ކަންކަމަށޭ ކިޔާފައި! މިގޮތަށް އެހީވުމަށް ފައިސާ ދިނުމަކީ ކޮންކަހަލަ ކަމެއްތޯ؟ 

ޖަވާބު:. އެކަހަލަ ކުދިންނަށް ރަނގަޅު ގޮތަކީ ފައިސާ ދިނުމުގެ ބަދަލުގައި ބޭނުންވާ އެއްޗެއް ގަނެފަދިނުން. ދެން ބޮޑަށް ޔަޤީން ކުރަންވާނެ އަނެއްކާ އެކަހަލަ އެއްޗަކަށްވެސް ބޭނުންޖެހިގެން ތޯ އެއުޅެނީ. ފަހަރެއްގައި މިސާލަކަށް ސައިބޯނި ފުޅިއެއް ގަނެފަ ދިނީމާ އޭތި ވިއްކާލާފަވެސް އެއަށް މަސްތުވާ ތަކެތި ގަތުމަކީވެސް ހަމަ އެކަށީގެންވާކަމެއް. (އެއީ ހަމަކުރާކަމެއް!) އެހެންވީމާ އެފަދަ ކުއްޖަކަށް އެކަހަލަ އެހީތެރިކަމެއް ދޭއިރުގައި ވަރަށް ބޮޑަށްވިސްނާ އެކަމަށް ރައްކާތެރިވާންޖެހޭނެ! އެ ސަބަބަކީ އަޅުގަނޑުމެން އެބަ ބޭނުންވޭ އަޅުގަނޑުމެންގެ މުޖްތަމަޢު

އެކަހަލަ ކަންތައްތަކުން ސަލާމަތްވެފައިވާ މުޖްތަމަޢަކަށް ހަދަން! އެހެންވީމާ އެކަމަށްޓަކައި ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ ނުވަތަ އެމީހަކަށް އެ މީހެއްގެ ޙައިޞިއްޔަތުން ކުރެވެންހުރި ހުރިހަކަމެއް ކުރުމަކީ އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް.  

- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން