މިދިޔަމަހު ރާއްޖެއަށް އެތެރެކުރި މުދަލުގެއަގު އިތުރުވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
މިދިޔަމަހު ރާއްޖެއަށް އެތެރެކުރި މުދަލުގެއަގު އިތުރުވެއްޖެ!

ފާއިތުވި ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 39 އިންސައްތަ ވަނީ އިތުރުވެފައެވެ.

ކަސްޓަމްސް ގެ ތަފާސްހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދިވެހިރާއްޖެއަށް 2.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހު މި ޢަދަދުވަނީ 3.8 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

މީގެއިތުރުން، ފާއިތުވި ފެބްރުއަރީ މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 27 އިންސައްތަ ވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު 256 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހު މި ޢަދަދުވަނީ 325 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

 

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން ، ޔޫ.އޭ.އީ އަދި އިންޑިއާ އާއި  ޗައިނާ، އެވެ. އޮމާން އިން 621 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޔޫ.އޭ.އީ އިން 613 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

މީގެއިތުރުން އިންޑިއާ އިން 509 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާ އިން 442 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

މިއަދު އޮންލައިން