ދިވެހިރާއްޖޭގެ ގުޅުން ޕލކ (ދިރާގު) ގެ 33 ވަނަ އަހަރީ އާންމު ޖަލްސާ 24 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:15 ގައި ބާއްވަން ހަމަޖައްސައިފިއެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ "ހައިބްރިޑް" ކޮށްކަމަށްވާތީ، ޖަލްސާގައި ޙިއްޞާދާރުންނަށް "ފަހިވޯޓް" މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ކްރޮސްރޯޑް މޯލްޑިވްސްގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެވަޑައިގެން ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.
މިޖަލްސާގައި 17 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދިރާގުގެ ޙިއްޞާދާރުންގެ ރަޖިސްޓަރީގައި ހިމެނިވަޑައިގަންނަވާ ހިއްސާދާރުންނަށް ބައިވެރިވުމަށް ދައުވަތުވަނީއެރުވިފައެވެ.
ދިރާގުން ބުނެފައިވަނީ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން އަދި ގައިދުރުކަން ދެމެހެއްޓުމަށްޓަކައި، ޖަލްސާކުރާ މާލަމަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ އަދަދު ވަނީ ލިމިޓްކޮށްފައި ކަމަށާއި އަދި ޖަލްސާކުރާ މާލަމަށް ވަޑައިގަންނަވަން ޤަސްދުކުރައްވާނަމަ ރެޖިސްޓަރކުރައްވާއިރު ވެކްސިން ކާޑް ހުށަހަޅުއްވަން ވާނެ ކަމަށެވެ.
މިޖަލްސާކުރާ މާލަމަށް ވަޑައިގެން ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ޙިއްޞާދާރުންގެ ތެރެއިން، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ މާލާމަށް ޙާޒިރުވެގެންވަޑައިގެންކަން ނުވަތަ އޮންލައިންކޮށްކަން، އެފަރާތްތަކަށް 22 މާރިޗް 2022 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން އެންގޭނެއެވެ.
ދިރާގުން ބުނެފައިވަނީ މިޖަލްސާގެ ނޯޓިސް އަދި ދިރާގުގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ދިރާގުގެ ވެބްސައިޓުގައި 9 މާރިޗް 2022 ގައި ޝާއިއުކޮށްފައިވާނެ ކަމަށާއި އަދި މި ލިންކުން https://bit.ly/3t8KAhS އަހަރީ އާންމު ޖަލްސާއާއިގުޅޭ މައުލޫމާތު ލިބިވަޑައިގަންނަވާނެ ކަމަށެވެ.