އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ހޮޅުދޫއަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ހޮޅުދޫއަށް!

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ނ.ހޮޅުދޫއަަށް މިއަދު ތައާރަފްކޮށްފިއެވެ.

"ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަަށް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފެންވަަރު ރަނގަަޅު އިންޓަނެޓްގެ ޙިދުމަތް މުހިއްމު. އަަަޅުގަނަޑުމެން ކެނޑިނޭޅި މަސައްކަތްކުރަަމުން މިދަަނީ %100 އާބާާދީ އަަށް ފިކްސްޑް ބްރޯޑްބޭންޑް ގެ ޙިދުމަތް ފޯރުކޮށްދިނުމަށް. މިދިޔަަ އަހަރެކޭ އެއްފަަަދަައިންް މި އަަހަރުވެސް ގިނަަަ ރަައްްތަަކަަަކަަށް މި ޙިދުމަަތް ފޯރުކޮށްދިނުމަށް ރޭވިފައިވޭ. އެގޮތުންްްް މިއަދު އަޅުގަނޑުމެން މިވަަަނީ ސުޕަރނެޓްގެ ޚިދުމަތް ނ. ހޮޅުދޫއަށް ތައާރަފްކޮށް، ހޮޅުދޫގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާއި ގުޅުވާލަދީފަައެވެ. ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވަރ ޚިދުމަތް އެކުލެވޭ މި ޕެކޭޖތަަަކަަކީ މާކެޓްގަައި އެންމެ ރަަނގަޅު ޕެކޭޖްތަައް. ކުރިއަށްއޮތްް ތަނުގައިވެސް ދިވެހިންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަަށް މަންފާވާނެ ފަދަ ޙިދުމަަތްތަަައް ފޯރުކޮށްްްްދިނުމުގަަައި އަަޅުގަނޑުމެން ދެމިތިބޭނެ ކަަަމުގެ ޔަަަގީންކަން އަަރުވަަމެވެ." އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5ގުނަ އިތުރު ސްޕީޑާއެކު %100 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. މީގެ އިތުރުން ސުޕަރނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވަރގެ ޙިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާއި އެއްވެގެންދާނެއެވެ. 

އުރީދޫއިން ބުނެފައިވަނީ ހޮޅުދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށާއި މި ޚިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/getsupernet އަށް ޒިޔާރަތްކުރެއްވުމަށެވެ.

 

 

މިއަދު އޮންލައިން