ބަލަމުންދާ މައްސަލަތަކާ ގުޅޭ ސާޅީސްފަސް ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
ބަލަމުންދާ މައްސަލަތަކާ ގުޅޭ ސާޅީސްފަސް ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

ބަލަމުންދާ މައްސަލަތަކާ ގުޅޭ 45 ބިދޭސީއަކު ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން އިއުލާންކޮށްފިއެވެ.

އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ވަނީ "އެކްސްޕެޓްރިއޭޓް މޮނިޓަރިން އެންޑް ރެޕަޓްރިއޭޝަން ޑިވިޝަން" އަށް ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ހާޒިރުވުމަށް އެ ބިދޭސީންނަށް އަންގާފައެވެ. އެ ފަރާތްތަކަކީ އެ އިދާރާގެ އެކި ސެކްޝަންތަކުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ހޯދާ މީހުން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ހޯދަން އިއުލާންކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 8 އަންހެނަކާއި 37 ފިރިހެނެކެވެ. އެމީހުންގެ ވަނަވަރާއެކު އިމިގްރޭޝަނުން އާންމުކުރި މައުލޫމާތުގައި ހިމެނެނީ ބަންގްލަދޭޝްގެ 34 މީހަކާއި އިންޑިއާގެ ތިން މީހަކާއި އަދި ނައިޖީރިއާ ދެ މީހަކާއި ތައިލޭންޑާއި އިޓަލީ، ބްރިޓިޝް، ސްރީ ލަންކާ އާއި ފިލިޕީންސް އާއި އިތިއޯޕިއާގެ މީހެކެވެ.

މިއަދު އޮންލައިން