މަމެން މިއުޒިކް ޑޭޓާ އެޑް-އޮންސް މުޅިން އަލަށް ދިރާގުން ތައާރަފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
މަމެން މިއުޒިކް ޑޭޓާ އެޑް-އޮންސް މުޅިން އަލަށް ދިރާގުން ތައާރަފުކޮށްފި

ދިރާގުން މަމެން މިއުޒިކް ޑޭޓާ އެޑް-އޮންސް މުޅިން އަލަށް ތައާރަފުކޮށްފިއެވެ.

މިކަމާގުޅިގެން ދިރާގުން ބުނެފައިވަނީ މަމެން ކަސްޓަމަރުންނަށް މިހާރު ޑޭޓާ ބޭނުން ކުރުމާ މެދު ކަންބޮޑުވުމެއް ނެތި މުޅި ދުވަހު އެ ކަސްޓަމަރުންގެ އެންމެ ފޭވަރިޓް އެޕްތަކުގައި މިއުޒިކް ސްޓްރީމް ކުރެވޭނެ ކަމަށާއި އަދި ޑެޑިކޭޓެޑް ޑޭޓާ ހާއްސަކުރެވިފައިވަނީ މަޝްހޫރު މިއުޒިކް އެޕްތަކަށް ކަމަށް ކަމަށެވެ.

ސައުންޑްކްލައުޑް، ސްޕޮޓިފައި އަދި އެޕަލް މިއުޒިކް ހިމެނޭ އިރު، 24 ގަޑިއިރާއި ފަސް ދުވަހާއި 10 ދުވަހާއި 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭ މި އެޑް-އޮންތަކުން ކަސްޓަމަރުންނަށް ބޭނުން ޕެކޭޖެއް އިހްތިޔާރު ކުރެވޭނެ ކަމަށާއި ޕެކޭޖް ވެލިއުސް އާރްބީގައި ދައްކާނެ ކަމަށާއި ގަންނައިރު އާރްބީ ބެލެންސް އިން އެ އަދަދު އުނިކުރާނެ ކަމަށް ދިރާގުން ބުނެފައިވެއެވެ. 

ދިރާގު އެޕް މެދުވެރިކޮށް ބެލެންސް ޗެކް ކުރެވޭއިރު، 727 އަށް އެސްއެމްއެސް އެއް ނުވަތަ ހަމައެކަނި ކީ އިން *142# އަށް އެސްއެމްއެސް އެއް ފޮނުވައިގެން ހިދުމަތް ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށއި ޕެކޭޖް ގަތުމުގެ ކުރިންނާއި ފަހުން ވެސް ހުރިހާ ކަސްޓަމަރުންގެ ކޯރ ބެލެންސް ޗެކް ކުރުމަށް ދިރާގުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިއަދު އޮންލައިން