ކ. ގާފަރު ގެސްޓް ހައުސެއްގައި އއ ބޮޑުފޮޅުދޫ ޢުމުރުން 27 އަހަރުގެ އާމިނަތު ނާޖިލާ ލުޠްފީ ނިޔާވެފައި؟ އޮއްވާ ފެނުނު މައްސަލައިގައި ފުލުހުންގެ ތަޙްޤީޤް ކުރިއަށްދަނިކޮށް، އޭނާގެ ނަމާއި އުމުރު ނޫން މައުލޫމާތެއް ހާމަނުކުރަނީސް ބައެއް ފަރާތްތަކުން މިހާރު އަމިއްލައަށް މައްސަލަ ތަޙްޤީޤްކޮށް ނިންމައި ބަޔާން ނެރެންފަށައިފިއެވެ.
ފުލުހުންގެ މީޑިއާ ގްރޫޕުގައި އަދި ބުނެފައިވަނީ މިވަރަށެވެ.
Niyaavefai ovvai fenifaivany 27 aharuge Dhivehi anheneh.
Massala'aa gulhigen ithurah balanjehey kankan fuluhun dhanee balamun
އެހެންކަމުން ބައެއް ކިޔުންތެރިންގެ ހިތުގައި އުފެދޭ ބައެއް ސުވާލުތައް މިއަދުނޫހާ ޙިއްޞާކޮށްފައިވުމާއިއެކު ހާމަ މިކުރަނީ އޭނާ ނިޔާވީ އަމިއްލައަށް ކަމަށް ދޭހަވާގޮތަށް މައުލޫމާތު ފަތުރާތީއެވެ.
"ބޮޑުފޮޅުދޫއަށް ނިޞްބަތްވާ އަންހެން ކުއްޖަކު އެހައި ގިނައިން ގާފަރަށް ދާންޖެހުނީ ކީއްވެގެންތޯއެވެ؟ އެކަމުގެ ސިއްރަކީ ކޮބައިތޯއެވެ؟ ހަމަ ލޯބިވެރިއަކު ނުވަތަ ގުޅިފައިވާ ފަރާތެއް ނެތިސް ގާފަރު ދެކެ ލޯބިން އެރަށަށް ދަނީތޯއެވެ؟
ދެން އޮތީ ވަޅީގެ މައްސަލައެވެ. މިޒަމާނުގެ ހޭލުންތެރި މީހަކު، ޑިޓެކްޓިވް، ފިކްޝަން ވާހަކަތައް ކިޔައި ފިލްމްތައް ބަލާ މީހަކު އޭނާއަށް ގެއްލުމެއް ދޭން ބޭނުންވެއްޖެނަމަ އޭނާ ލައްވައި ވަޅިއެއް ގަނުވުމަކީ ނުކުރާނެ ކަމެއްކަން އެނގެނީ ކިހިނެއްހެއްޔެވެ؟
މީހަކު އޭނާ މަރާލިނަމަވެސް އެކަންކުރުމަށްފަހު އޭނާގެ ކޭޝްކާޑު ބޭނުންކޮށްފިނަމަ ފަޅާއަރާނެތީ ކޭޝްކާޑު ދަބަހުގައި އޮތުމަކީ އޭނާ އަމިއްލައަށް މަރުވިކަމުގެ ހެއްކަކަސް ބަލާނީ ކިހިނަކުން ހެއްޔެވެ؟
އޭނާއަކީ މެލޭސިޔާއިންވެސް ކިޔަވައިގެން ހުރި ކުއްޖެކެވެ. އެމުއްދަތުގައި އެކަނިވެސް ދިރިއުޅެފައިވާ ހޭލުންތެރި ކުއްޖެކެވެ. ވީއިރު ތައުލީމީ، ދުނިޔެއަށް ހޭލުންތެރި ކުއްޖަކު އެހާ ފަސޭހައިން އަމިއްލަ ކަރު ބުރިކުރާހިސާބަށް ދިއައީ ކީއްވެގެން ހެއްޔެވެ؟"
މިފަދަ ވަރަށް ގިނަ ސުވާލުތައް އުފެދެއެވެ. އަދި ފުލުހުންގެ ތަޙްޤީޤް ނިމިގެންދާއިރު މިފަދަ ސުވާލުތަކުގެ ޖަވާބު ލިބިގެންދާނެ ކަމަށްވެސް އުންމީދުކުރަމެވެ.
މީހަކު މަރުވީ އަމިއްލައަށް ކަމަށް ކަނޑައެޅުމަކީ ކުޑަކަމެއް ނޫނެވެ. އެ އެޅުވެނީ ވަރަށް ބޮޑު ކަމެއްގެ އިލްޒާމެވެ. ފުލުހުންގެ ތަޙްޤީޤް ފުރިހަމަކޮށް ބަސް ނުބުނަނީސް އަމިއްލައަށް މިފަދަ ވާހަކަތައް ފަތުރާކަންވެސް އެއީ މިކަމުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް އޮވެދާނެ ކަމުގެ ހެއްކެކެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
ދުޢާއަކީ ތަޙްޤީޤުގައި ރަނގަޅު ކުރިއެރުމެއް ލިބުމެވެ. މަރްޙޫމްގެ ފުރާއަށް ސިަރުގޭގެ ނިޢްމަތް މިންވަރުކުރައްވަވާށި! އާމީން