ދައުލަތުގެ މީޑިއާ: ރަމަޟާންމަހަށް ބޮޑެތި ޝައިޠޯނުން ކަސްތޮޅު އަޅުއްވަވާނެތީ ޝައިޠޯނުންނަށް އެހީތެރިވެދޭން ހިތްވަރުކުރަނީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ދައުލަތުގެ މީޑިއާ: ރަމަޟާންމަހަށް ބޮޑެތި ޝައިޠޯނުން ކަސްތޮޅު އަޅުއްވަވާނެތީ ޝައިޠޯނުންނަށް އެހީތެރިވެދޭން ހިތްވަރުކުރަނީތަ؟

ރަމަޟާން މަހު ޖިންނީންގެ ތެރެއިންވާ މާރިދު ޝައިޠާނުން ކަސްތޮޅު އެޅުވުމުން، އެވަޒީފާއާ އިންސީންގެ ތެރެއިން ވާ ޝައިޠާނުން ހަވާލުވާނެއެވެ. މިޚަބަރަކީ ތެދު ޚަބަރަކަށް ވާނަމަ މިއީ ހަމައެފަދަ ކަމެކެވެ.

މިވެރިކަން އައިފަހުން، ޕީއެސްއެމް އިން ގެންނަ ދީނީ އެތައް ކޮންޓެންޓެއްވަނީ ހުއްޓުވައި ބަދަލުކޮށްފައެވެ. ޕީއެސްއެމްގެ ކޮންޓެންޓް ރިވިއު ކުރާ ކޮމިޓީގައި، މިކަން ކުރުމަށް މިފަދަ މީހެއްގެ މާ ނުފޫޒުގަދަ އަނބިކަނބަލަކު ހިމެނޭ ކަމަށް ޚަބަރު ލިބިފައިވެއެވެ.

އެގޮތުން ދީނީ ޢިލްމުވެރިންނަށް އެއްވެސް ލައިވް ޕްރޮގްރާމެއް ނުގެނެވޭގޮތް ހެދުމާއި، ކުރިން ހަދައި ރެކޯޑްކޮށްފައި ހުރި ދީނީ އެތައް ކޮންޓެންޓެއް ފޮނުވުން މަނާކުރުމާއި، މަދަހަ ގެނައުމުގައިވެސް މިއުޒިކު ހިމެނޭގޮތަށް އެފަދަ އިންސްޓުރޫމެންޓް ކުޅޭތަން ދައްކައި އަދި ޢައުރަ ނިވާނުކޮށް ތިބޭ އަންހެންކުދިންވެސް އަރުވައިގެން މަދަހައިގެ ނަމުގައި ކޮންޓެންޓް ގެންނަކަމީ، ރަނގަޅަށް ވިސްނައިފި ބަޔަކަށް ޔަޤީންވެ ކަށަވަރު ކުރެވޭނެ ކަންކަމެވެ.

--ޝައިޚް އާދަމް ނިޝާން

(އެޚަބަރަކީ ރަމަމާން މަހު މަޣްރިބް ނަމާދަށްފަހު ހިންދީ ލަވަ ޕީއެސްއެމުން ގެނެސްދޭން ނިންމި ކަމުގެ ޚަބަރެވެ. އެކަން ހާމަކުރުމުން ޕްރެޝަރު ބޮޑުވެ ފަހުން ގަޑި ބަދދަލުކުރިކަމުގެ ޚަބަރެއްވެސް ވަނީ ފެތުރިފައެވެ.) ލިޔުމުގެ އަޞްލު

https://www.facebook.com/SheikhAdamNishan/posts/3182099365339729

 

މިއަދު އޮންލައިން