މަރަން ހުކުމް ކޮށްފައިވާ ފުވައްމުލަކު ޒާވިއާ އަބްދުﷲ ނަޒީފަށް، ނ. މާޅެންދޫ ވައިޓް ހައުސް އަހުމަދު މިރުޒާގެ ވާރިސުން ދީލަތިކަމާއެކު މާފުކޮށްފި!
މިމައްސަލައިގައި ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ މިރުޒާގެ ބައްޕަގެ ސިޓީއެއް ލިބިފައިވާތީ ވާރިސުންނާއެކު އަޑުއެހުމެއް ބާއްވާ އެ ސިޓީއާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.
ނާޒިފަށް މާފުކުރިކަމަށް ބުނާ ސިޓީއާ ގުޅިގެން މިރުޒާގެ ބައްޕަ ކޯޓުގައި ބުނެފައިވަނީ އެއީ ސައްހަ ސިޓީއެއް ކަމަށާއި، މާފު ކުރުމަށް ނިންމީ ނާޒިފުގެ ފަރާތުން އެކަމުގައި ބައްދަލުކޮށް މާފުކުރުމަށް އެދުމުން ކަމަށެވެ. އަދި މިރުޒާގެ ބައްޕަ ގާތިލަށް މާފުކުރުމުން ވާރިސުންގެ ގޮތުގައި ދެންތިބި ތިން މީހުންވެސް ވަނީ މާފުކުރާ ކަމަށް ބުނެފައެވެ.
ލަކުޑިބުރިން ހަމަލާދީ މިރުޒާ މަރާލާފައިވަނީ 2011 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭ ވިލިމާލޭ ޕާކްތެރޭގައެވެ.