އަމިއްލަ ޤައުމުގަ ރައްޔިތުން ބިދޭސީންނަށްވުރެ ހުރިހާ ކަމެއްގަވެސް ނިކަމެތިވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
އަމިއްލަ ޤައުމުގަ ރައްޔިތުން ބިދޭސީންނަށްވުރެ ހުރިހާ ކަމެއްގަވެސް ނިކަމެތިވެއްޖެ!

ޚަބަރުގައިވާ ފޮޓޯއިން ތިއަ ފެނިވަޑައިގަންނަވަނީ އެލްސިއޯން ބޭކަރީގެ ވެހިކަލްއެއް މަގުމަތީގައި ބާއްވައިގެން މަގުމަތިން ހިނގާ މީހުންގެ ގައަށް ފެންބުރާގޮތަށް ދޮންނަމުން ގެންދާ މަންޒަރެވެ. 

މިރޭ 9 ޖަހާއެހައިކަންހާއިރު ވެހިކަލް ދޮންނަނިކޮށް މަގުން ހިނގާފައި ދިއަ ދިވެހިރައްޔިތެއްގެ ގައަށް ފެންބުރުމުން "ތިއަކުރަނީ މަނާކަމެއް ނޫންހޭ؟" ބުނީމާ ދޮންނަންހުރި ބިދޭސީ މީހާ ދިވެހި މީހާއަށް ނުގޮވާއެއްޗެއް ނެތެވެ؟ އޭނާގެ ޖަވާބަކަށްވީ "އާނ! ކީއްކުރެވޭނީ! މިދޮންނަނީ!" 

އޭނާ އެބުނީ ހަމަ ތެދެކެވެ. ކުރެވޭނެ ކަމެއް ނެތެވެ. ވެހިކަލް އެތެރެއަށް ވެއްދީ ހަމަ ހޮޅިން ފެންޖަހަމުން ދޮވެ ނިންމާފައެވެ. އެހިސާބުގައި ދިރިއުޅޭ ބައެއް މީހުން ބުނީ މިއީ ކޮންމެ ރެއަކުވެސް އެކަންކުރާ ގޮތް ކަމަށެވެ. 

ވަކި ކަމެއްގައެއް ނޫނެވެ. ސަރުކާރުން ކުރަން ބޭނުންކަމެއްގައި ނޫނީ އެއްވެސް ކަމެއްގައި ހެދިފައިހުރި އެއްވެސް ޤާނޫނެއް ޤަވާއިދެއް ތަންފީޒެއް ނުކުރެވެއެވެ. ރައްޔިތުންނަށް ކޮނަމެ ޙާލެއް ޖެހުނަސް، މަގުމަތީގައި ހިނގާ ނޫޅެވުނަސް ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ކަންބޮޑުވުމެއް ނެތެވެ. 

މަސައްކަތްކުރަން ތިބި ބިދޭސީން ތިބީ ދިވެހިރައްޔިތުންނަށްވުރެ މަތީފަޑިއަށް އަރުވާފައެވެ. ރާއްޖޭގައި ޤާނޫނުތަކާއި ޤަވާއިދުތައް ތަންފީޒުކުރުމުގައި މިހާރަށްވުރެ ދަށަށް ވެއްޓިފައި އޮތް ދުވަސްވަރެއް މިހައިތަނަށް ފެނިފައިނުވާކަން ގިނަބައަކު ފާހަގަކުރެއެވެ.

މިކަން ހިނގީ އަޅުގަނޑުގެ ކުރިމަތީގައެވެ!

މިއަދު އޮންލައިން