މޫލީ މެދުވެރިކޮށް “ހައްޕު” ގޭމް ވިއްކަން ފަށައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 44ސ
މޫލީ މެދުވެރިކޮށް “ހައްޕު” ގޭމް ވިއްކަން ފަށައިފި!

އުރީދޫގެ މޫލީ މެދުވެރިކޮށް “ހައްޕު” ގޭމް ވިއްކަން ފަށައިފިއެވެ.

ހަތް އަހަރުން ފެށިގެން މަތީގެ ކޮންމެ ބަޔަކަށް ވެސް ކުޅެވޭ މިގޭމަކީ އާއިލާއާއެކު ނުވަތަ ރައްޓެހިންނާއެކު ވަގުތު ހޭދަ ކޮށްލަން ރަނގަޅު ގޭމެކެވެ. މީގެއިތުރުން ބަސްކޮށާރަ އިތުރަށް މުއްސަނދި ކޮށްދިނުމާއި މި ގޭމުގައި 200 އަށްވުރެ ގިނަ ބަސް ހިމެނެއެވެ.

ދެ ޓީމަކަށް ބަހާލައިގެން ކުލޭ މިގޭމްގައި އެ ޓީމެއްގެ އެއް ކުޅުންތެރިޔަކު ޖެހޭނީ ބާކީ ތިބި ކުޅުންތެރިންނަށް ކާޑުގައިވާ ބަސް ކިޔައިދޭށެވެ. މިގޮތަށް ކިޔައިދޭއިރު ކާޑުގައި ހިމެނޭ “ހައްޕު” ބަހެއްް ދިމާވެއްޖެނަމަ އެ ޓީމެއްގެ އަތުން ޕޮއިންޓް ދޫވީއެވެ. އަދި އެންމެ ގިނަ ބަސް ދިމާކުރާ ޓީމު މޮޅުވީއެވެ.

"ހައްޕު” އަކީ ފީކޮއި ބްރޭންޑުގެ ދަށުން އުފައްދާފައިވާ ބަސް ދިމާކުރާ ގޭމެކެވެ. މި ގޭމަކީ ދިވެހިން އުފައްދާފައިވާ ދިވެހި ގޭމެކެވެ.

މިއަދު އޮންލައިން