އުފަންވެލި ޝޮޕްތަކުން ލުނބޯކިލޯއެއް ހަތްދިހަ ފަސް ރުފިޔާއަށް އަގުހެޔޮކޮށް، އެހެން ބައެއް ބާވަތްތައްވެސް ބޮޑުތަނުން އަގުހެޔޮކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
އުފަންވެލި ޝޮޕްތަކުން ލުނބޯކިލޯއެއް ހަތްދިހަ ފަސް ރުފިޔާއަށް އަގުހެޔޮކޮށް، އެހެން ބައެއް ބާވަތްތައްވެސް ބޮޑުތަނުން އަގުހެޔޮކޮށްފި

އުފަންވެލި ޝޮޕްތަކުން ލުނބޯގެ އަގު ކުރިން ކަނޑައެޅިވަރަށްވުރެވެސް މާބޮޑުތަން ހެޔޮކޮށް އެހެން ބައެއް ބާވަތްތައްވެސް ބޮޑުތަނުން އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ. 

އުފަންވެލި ޝޮޕްތަކުން ލުނބޯ ކިލޯއެއް މިއަދު ވިއްކަމުންދަނީ އެންމެ 75 ރުފިޔާއަށެވެ. ކުކުޅު ބިހެއް 60/1 އަށެވެ. ބޮމްބޭ ރެޑް އަނިއަން (އިންޑިއާ ފިޔާ) ކިލޯއެއް 10 ރުފިޔާއަށެވެ. 

އުފަންވެލި ޝޮޕްތަކުން އިއްޔެ ބުނެފައިވަނީ އެއާފްރޭޓަށް ބޮޑު ޚަރަދެއްކޮށްގެން އެތެރެކުރުމަށްފަހުގައިވެސް ލުބޯ ކިލޯއެއް ވިއްކާނީ 90 ރުފިޔާއަށް ކަމަށެވެ. ނަމަވެސް މިއަދު ބުނީ ލުބޯ ކިލޯއެއް ވިއްކަމުންދަނީ 75 ރުފިޔާއަށް ކަމަށާއި ކުކުޅުބިހާއި ފިޔާވެސް އަގުހެޔޮކޮށް ވިއްކަންފަށާފައިވާ ކަމަށެވެ. އަދި މިބާވަތްތަކުގެ އިތުރުންވެސް ގިނަ ބާވަތްތަކުގެ ކާބޯތަކެއްޗާއި މުދައު އަގުހެޔޮކޮށް ވިއްކަމުން ގެންދާ ކަމަށެވެ. 

"އަޅުގަނޑުމެން މަސައްކަތްކުރަނީ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ވީހާ ހެޔޮ އަގުތަކުގަ ހުރިހާ ބާވަތެއްވެސް ކަސްޓަމަރުންނަށް ފޯރުކޮށްދޭން. އިތުރު ބާވަތްތައްވެސް ގެންދާނީ ހަމަ އަގުހެޔޮކުރަމުން އިން ޝާ ﷲ" އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނެފައިވެއެވެ.

މިއަދު އޮންލައިން