އުފަންވެލި ޝޮޕްތަކުން ކުކުޅުވެސް އަގުހެޔޮކޮށްފި އެވެ. އެގޮތުން މިހާރު އުފަނަވެލި ޝޮޕްތަކުން ކުކުޅު ކިލޯއެއް ވިއްކަނީ 45 ރުފިޔާއަށެވެ. ހޯލްސޭލްކޮށްވެސް ދަނި ވިއްކަމުންނެވެ.
ބާޒާރުގައި ކުކުޅު ކިލޯއެއްގެ އަގު 53 ރުފިޔާއިން ފެށިގެން މަތީގައި ހުރިއިރުވެސް އުފަންވެލި ޝޮޕްތަކުން ކުކުޅު ކިލޯއެއް ވިއްކީ 50 ރުފިޔާއަށެވެ.
ހުރިހާ ސައިޒުތަކެއްގެ ކުކުޅާއި ކުކުޅުމަހާއި ކުކުޅުގެ ތަފާތު އުފެއްދުންތަކުގެ އިތުރުން ގެރިމަހާއި ގެރިމަހުގެ ތަފާތު ބާވަތްތައްވެސް އުފަންވެލި ޝޮޕްތަކުން ގެންދަނީ ހޯލްސޭލް އަދި ރީޓޭލްކޮށް ހެޔޮ އަގުތަކުގައި ވިއްކަމުންނެވެ.