އުރީދޫ މަސްރޭހުގެ ޕާޓްނަރަކަށް ޑީޓެކް ކުންފުނި ހަމަޖައްސައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 33ސ
އުރީދޫ މަސްރޭހުގެ ޕާޓްނަރަކަށް ޑީޓެކް ކުންފުނި ހަމަޖައްސައިފި

ކޮންމެ ރޯދަމަހަކުވެސް އުރީދޫ އިން ބާއްވަމުން އަންނަ މަސްރޭހުގެ ޕާޓްނަރަކަށް ޑީޓެކް ކުންފުނި ހަމަޖައްސައިފިއެވެ.

ޑީޓެކް އަކީ އިޖީނާއި ޖެޓްސްކީފަދަ ތަކެތި ވިއްކަމުން އަންނަ ކުންފުންޏެކެވެ. އެކުންފުނިން ވަނީ މަސްރޭސް ކާމިޔާބު ކުރާ ޓީމަކަށް އެވުންރޫޑް ބްރޭންޑްގެ 8.9 ހޯސްޕަވާގެ އިންޖީނެއް ހުށަހަޅައިފައެވެ.

އުރީދޫ މަސްރޭހުން 1 ވަނައަށް ހޮވޭ ޓީމަކަށް 50،000ރ. އިނާމެއް ލިބެއެވެ. އަދި އެންމެ ގިނަ މަސް ބާނާ މީހަކަށް 5،000ރ. ލިބެއެވެ. އަދި އެންމެ ބަރު މަސް ބާނާ މީހަކަށްވެސް 5،000ރ. ގެ އިނާމެއް ލިބޭނެއެވެ.

މިއަދު އޮންލައިން