ކުރިއަށްއޮތް ރޯދަމަހު ކުނި ނަގާ ގަޑިތައް ވެމްކޯ އިން އިއުލާނުކޮށްފިއެވެ.
ވެމްކޯ އިން ބުނެފައިވަނީ އެކުންފުނީގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ހިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ލިބޭނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށެވެ. ހުކުރު ދުވަހު ހިދުމަތް ލިބޭނީ މެންދުރުފަހު 2:00 އިން ހަވީރު 5:00 އަަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށެވެ.
ވެމްކޯއިން ބުނީ ކޮމާޝަލް ކަލެކްޝަން ހުކުރު ދުވަސް ނޫން އެހެން ދުވަސްތަކުގައި ކުރިއަށް ގެންދާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 10:00 އިން ފަތިހު 4:00 އަށް ކަމަށެވެ. ހުކުރު ދުވަހު ކުނި ނަގާނީ މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށެވެ. އަދި ރޭގަނޑު 10:00 އިން ފަތިހު 4:00 އަށެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި ކޯލް އެންޑް ޕިކް-އަޕް ސާވިސް (ކެޕްސް)ގެ ހިދުމަތް ރޯދަ މަހު ދޭން ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށެވެ. ހުކުރު ދުވަހު މި ހިދުމަތް ދޭނީ މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށެވެ.