ލުނބޯގެ އަގު 3، 4 ދުވަހެއްގެ ތެރޭގަ ޢާންމުކޮށް ބޮޑުތަނުން ހެޔޮވާނެ! މާ ބޮޑެތި އަގުތަކަށް އުފުލޭ ކަމަށް ބުނެ މިހާރުވެސް ފަތުރަނީ ދޮގު މައުލޫމާތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ލުނބޯގެ އަގު 3، 4 ދުވަހެއްގެ ތެރޭގަ ޢާންމުކޮށް ބޮޑުތަނުން ހެޔޮވާނެ! މާ ބޮޑެތި އަގުތަކަށް އުފުލޭ ކަމަށް ބުނެ މިހާރުވެސް ފަތުރަނީ ދޮގު މައުލޫމާތު!

ލުނބޯ ކޮންޓޭނަރުތައް ހިފައިގެން މާލެއާ ދިމާއަށް ދަތުރުކުރާ ބޯޓު މާދަން (އޭޕްރިލް 1)  ރާއްޖެ ވަންނާނެއެވެ. ވިޔަފާރިވެރިން މަސައްކަތްކުރަމުން ދަނީ ބޯޓުން ބާލާއިރަށް ނެރެ ވިއްކަން ފާށާށެވެ. ވީމާ ލަފާކުރެވޭ ގޮތުން އާދީއްތަ، ހޯމަ ހައި ތަނުގައި ހެޔޮ އަނގުގައި ޢާންމުކޮށް ލުނބޯ ގަންނަން ލިބެން ފާށާނެއެވެ. 

އިއްޔެގެ ބާޒާރުގެ އަގުތަކަށް ބަލާއިރު އުފަންވެލި ޝޮޕްތަކުން ވަނީ ލުނބޯގެ އަގު ހެޔޮކުރުމަށްޓަކައި 1 ޓަނު (1000 ކިލޯ) އެޢާފްރޭޓްކޮށް އެތެރެކޮށް ކިލޯއެއް 75 ރުފިޔާޢަށް ވިއްކާފައެވެ. ލަންކާއިން އެތެރެކޮށްފައިވާ ކުޑަކޮށް ދޮންވެފައި ހުރި ލުނބޯ މާރުކޭޓު ކިލޯއެއް 80 ރުފިޔާއަށް ވިއްކިއެވެ. ރެއާ ހަމައަށްވެސް އެ ލުނބޯ ހުސްވިކަމަކަށް ނުވެއެވެ. 

އުފަންވެލި ޝޮޕްތަކުން ބޮޑު ޚަރަދުކޮށްގެން އެޢާފްރޭޓްކޮށް ލުނބޯ އެތެރެކޮށް މިއަދުވެސް ގެންދަނީ 75 ރުފިޔާއަށް ލުނބޯކިލޯއެއް ވިއްކަމުންނެވެ.  

ވީމާ ލޮނބޯ ކިލޯއެއްގެ އަގު 500، 600 ރުފިޔާއަށް އުފުލިއްއްޖެކަމަށް ފަތުރާ ވާހަކަތަކަށް ބިރުން ބޮޑު އަގުގައި ގިނައިން ގަނެ ޖަމާނުކުރާށެވެ! ކުރިއަށް އޮތް 3،4 ދުވަހަށް ކިރިޔާ ވާވަރަށް އިތުރަށް ނުގަންނާށެވެ! 

އުފަންވެލި ޝޮޕްތަކުން މައުލޫމާތު ހޯއްދަވަން: 3008883 ރީޓޭލް ،3323628 ހޯލްސޭލް 

މާރުކޭޓުން ތާޒާތަކެތި ހެޔޮ އަގުގަ ހޯއްދަވަން: 7720856

މިއަދު އޮންލައިން