ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކަށް ބޮޑެތި އަނިޔާތަކެއް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކަށް ބޮޑެތި އަނިޔާތަކެއް!

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މިއަދު 4:30 ހާއިރު ހުޅުމާލެ ފޭސް ދޭއްގެ ބްރިޖް އިން ދުއްވާފައި ދިޔަ ހެވީ ލޯޑް ވެހިކަލަކާއި، ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މައުލޫމާތުލިބިފައިވާގޮތުގައި އެ ސައިކަލް ދުއްވަން އިނީ އަންހެނެކެވެ. އެމީހާ އަށް ލިބުނު އަނިޔާތަކަށް މިހާރު އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން ދަނީ މި އެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

މިއަދު އޮންލައިން