އާއިލާ އާއި ރައްޓެހިން ޑިޖިޓަލްކޮށް ގުޅުވާާލަދިނުމަށް އުރީދޫއިން ވަަަަރަށް ހާއްސަ އޮފަރ ތަކެއް

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 14ސ
އާއިލާ އާއި ރައްޓެހިން ޑިޖިޓަލްކޮށް ގުޅުވާާލަދިނުމަށް އުރީދޫއިން ވަަަަރަށް ހާއްސަ އޮފަރ ތަކެއް

ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ފޮނުވަމުން، މި ބަރަކާތްތެރި މަހުގައި އާއިލާއާއި ރައްޓެހިންނާއި އޮންނަ ގުޅުން ބަދަހިކޮށް އިތުރަށް ފުރހަމަކޮށްދިނުމުގެ ގޮތުން، އުރީދޫގެ ކަސްޓަމަރުންނަށް ޚާއްޞަ އޮފަރތަކެއް މިއަދު ތަޢާރަފްކޮށްފިއެވެ. 

ރަމަޟާންމަހުގެ ތެރޭގައި ކަސްޓަމަރުންނަށް ލިބިގެންދާ ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި: 

ގުޑް މޯނިންގް މޯލްޑިވްސް!

ގުޑް މޯނިންގް މޯލްޑިވްސް ޕްރޮމޯޝަންގައި ބައިވެރިވެވަޑައިގަތުމުން ރަމަޟާން މަހުގެ ކޮންމެ ދުވަހެއްވެސް ފެށިގެންދާނީ 1ޖީބީ ހިލޭ ލިބޭ ބޯނަސް ޑޭޓާއާއި އެކުއެވެ. ދުވަހުގެ ހިލޭ ޑޭޓާ އެލަވަންސް ހޯއްދެވުމަށް، ފަތިހު 4:00 އިން ހެނދުނު 8:00 އާ ދެމެދު 5252 އަށް "BONUS" ޖައްސަވާފައި އެސްއެމްއެސް އެއް ފޮނުވާލުމުން ޑޭޓާ ލިބިގެންދާނެއެވެ. އެކްޓިވޭޓް ކުރާ ވަގުތުން ފެށިގެން އިރުއޮއްސި 6:00 އާ ދެމެދު ލިބިވަޑައިގަންނަވާ ބޯނަސް ޑޭޓާ ބޭނުންކުރެއްވޭނެއެވެ. 

އުރީދޫ ރަމަޟާން ލަކީ ޑްރޯ އާއެކު އުމްރާ ދތުރެއް!

ބަރަކާތްތެރި ރަމަޟާން މަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ވަނީ މި މަހު އުރީދޫގެ ކޮންމެ ޚިދުމަތެއްވެސް އެކްޓިވޭޓް ކުރައްވާ ކަސްޓަމަރުންނަށް  ވަރަށް އަގުހުރި އިނާމުތަކާއިއެކު ލަކީ ޑްރޯއެއް ހުޅުވާލާފައެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި 10 ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު 100 ޖީބީޑޭޓާ ހޯދުމުގެ އިތުރުން 2 ކަސްޓަމަރުންނަށް އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 

ސުޕަނެޓް ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް.

އުރީދޫ މޯލްޑިވްސް އިން މި މަހު އަލަށް ސުޕަނެޓް ކަނެކްޝަނެއް އެކްޓިވޭޓް ކުރާ ނުވަތަ ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަށް، ކޮންމެ މަހަކު 100 ޖީބީ ބޯނަސް ޑޭޓާ ލިބިވަޑައިގަންނަވާނެއެވެ. ސުޕަނެޓް ގެ ޚިދުމަތް ފަސޭހަކަމާއެކު އޮންލައިންކޮށް ހޯދާލުމަށް ނުވަތަ ޕްލޭން އަޕްގްރޭޑް ކުރެއްވުމަށް ore.do/supernet ޒިޔާރަތްކޮށްލައްވާށެވެ. 

ސައޫދީގައި ތިއްބެވި އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ޚާއްޞަ ސައުދީ އައިޑީޑީ ޕެކް

ސައުދީ އައިޑީޑީ ޕެކް ބޭނުންކޮށްގެން ސައުދީއަރަބިއްޔާގައި ތިބި ރަހުމަތްތެރިންނާއި އާއިލާގެ މީހުންނާ މުއާމަލާތްކޮށް، ކަސްޓަމަރުންނަށް 100 މިނެޓާއި 1ޖީބީގެ ސޯޝަލް ޑޭޓާ (ވައިބާ، ވަޓްސްއެޕް، އައިއެމްއޯ) ހަމައެކަނި 150 ރުފިޔާއަށް ލިބޭނެއެވެ. 

އެމް-ފައިސާ އަދި ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ފިޠުރު ޒަކާތް ދެއްކުން

އެހެން އަހަރުތަކެކޭ އެއްފަދައިން، ގޭގައި ތިއްބަވައިގެން ފަސޭހަކަމާއިއެކު އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫ މޯލްޑިވްސްއިން ވަނީ މިއަހަރުވެސް ފަހިކޮށްދީފައެވެ. އެމް-ފައިސާ މެދުވެރިކޮށް ޒަކާތްދެއްކުމަށް އުރީދޫ އެޕް ޑައުންލޯޑް ކޮށްލައްވާށެވެ. އެމް-ފައިސާގެ ޚިދުމަތްތަކާއި އޮފަރތައް ބޭނުންކުރުމަށް ހުރިހާ ނެޓްވޯރކެއްގެ ކަސްޓަމަރުންނަށްވެސް އުރީދޫއިން މަރުހަބާކިޔައެވެ. 

މީގެ އިތުރުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށްވެސް ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެއެވެ. ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ޒަކާތް ދައްކާލުމަށް *909# އަށް ޑައަލް ކޮށްލައްވާށެވެ. 

ޓެކްސްޓަ އަ ކޮފީ މެދުވެރިކޮށް ރޯދަވިއްލުމެއް ނުވަތަ މީރު ބުއިމެއް ހަދިޔާ ކޮށްލުމުން ހިލޭ 1ޖީބީ ހޯދުމުގެ ފުރުސަަަތު

މި ރަމަޟާން މަހު، އުރީދޫ ކަސްޓަމަރުންނަށް ޓެކްސްޓް އަ ކޮފީ މެދުވެރިކޮށް ރޯދަވިއްލުމެއް ނުވަތަ މީރު ބުއިމެއް ހަދިޔާ ކޮށްލުމުން ހިލޭ 1ޖީބީ ހޯދުމުގެ ފުރުސަަަތުވަނީ އުރީދޫ މޯލްޑިވްސް އިން ހުޅުވާލާފައެވެ. މަގުބޫލު ރެސްޓޯރެންޓްތަކާއި ކެފޭތަކުގެ ކެއުމާާއި ބުއިންތަަައް ހަަަދިޔާާ ކޮށްލެވޭ ޓެކްސްޓަަ އަަަަ ކޮފީ މެދުވެރިކޮށް ހަަަަަދިޔާއެއް ފޮނުވާލުމަަށް ore.do/txtcofy ޒިޔާރާތްކުރައްވާާށެވެ. 

އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތުތަކުގެ އެލަރޓް

މި ރަމަޟާން މަހު ނަމާދު ވަގުތުތަކަށް ސަމާލުވުމަށް އެހީ  އެލަރޓް ލިބިގަތުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ.

ވައިބަރ ބޭނުންނުކުރައްވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ނަމާދު އެލަރޓް އެކްޓިވޭޓްކޮށްލެވޭނެއެވެ. ނަމާދު އެލަރޓް އެސްއެމްއެސް އެއްގޮތުގައި ހިލޭ ހޯއްދެވުމަށް “GO” ޖެއްސެވުމަށް ފަހު 4777 އަށް އެސްއެމްއެސް ކޮށްލައްވާށެވެ. 

ރީތިޓިއުންސް

“Ramadan” ޖެއްސެވުމަށް ފަހު 4000 އަށް އެސްއެމްއެސް ކުރައްވައިގެން ރީތިޓިއުންސް މެދުވެރިކޮށް ކީރިތި ގުރުއާންގެ އާޔަތްތަކާއި ރީތި މަދަހަ ލިބިވަޑައިގަންނަވާނެއެވެ. 

އުރީދޫ މޯލްޑިވްސް އިން ދާދިފަހުން ލޯންޗްކުރި އާޗާ ޕޯޓްފޯލިއޯގެ ދަށުން އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، ހަގުނަ އިތުރު ޑޭޓާ ހެޔޮ އަގުގައި ލިބި އާއިލާއާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށް، އިންޓަނެޓްގެ ފުރިހަމަ ތަޖުރިބާއެއް ހޯދުމަށްވަނީ ފަހިކޮށްދީފައެވެ: 

އުރީދޫއިން ރަމަޟާން މަހަށް ޚާއްޞަ ޕްރޮމޯޝަންތަކާއި ޚިދުމަތްތަކުގެ އިތުރު މައުލޫމާތު އަދި ތަފްސީލް https://www.ooredoo.mv/ramadan މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

މިއަދު އޮންލައިން