މިއަދު މެންދުރާއި ޖެހެންދެން ބާޒާރުގައި 60، 90 ރުފިޔާއަށް ވިއްކަމުން އައި މިޞުރުގެ ކުދި ފޭރުކިލޯއެއްގެ އަގު ވަނީ 1.30 ހާއިރު 120 ރުފިޔާއަށް ބޮޑުކޮށްފައެވެ. ނަމަވެސް އުފަންވެލި ޝޮޕްތަކުން އަދިވެސް ކިލޯއެއް ވިއްކަމުން ގެންދަނީ ބާޒާރަށްވުރެ ކިލޯއަކުން 30 ރުފިޔާއަގުހެޔޮކޮށް ކިލޯއެއް 90 ރުފިޔާއަށެވެ.
"އެއާފްރޭޓްގެ އަގު އަންނަނީ އުފުލެމުން، އެހެންވެހެން ހީވަނީ ބަދަލުތައް އެގެންނަނީ، ނަމަވެސް އަބަދުވެސް ، ވަކިން ޚާއްޞަަކޮށް ރަމަޟާން މަހު އަޅުގަނޑުމެން މިމަސައްކަތްކުރަނީ އަޅުގަނޑުމެންނަށް ލިބެން އޮތް ނަފާ ކުޑަކޮށްފައި ރައްޔިތުންނަށް ޚިދުމަތްކުރަން. ރައްޔިތުންގެ ޖީބުތަކަށް ލުއިކޮށްދޭން މަސައްކަތްކުރުން އަޅުގަނޑުގެހުރިހާވެސް ބޭނުމަކީ." އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނެފައިވެއެވެ.
މަޑިހާ ކުންފުނިން އެގޮތަށް ބުނެފައިވާއިރު ރާއްޖޭގެ މަޝްހޫރު ފިހާރަތަކުން މިހާރުވެސް ކުކުޅުކިލޯއެއް 55 ރުފިޔާއިން ފެށިގެން ަމތީގައި ވިއްކަމުން އަންނައިރު އުފަންވެލި ޝޮޕްތަކުން ވިއްކަނީ ކިލޯއެއް އެންމެ 45 ރުފިޔާއަށެވެ.