މާރުކާޓުގައި ފަޅޯ ލިބެންހުރި އަގުތަކަށްބަލާއިރު ކިލޯއެއް 65 ރުފިޔާއިން ފެށިގެން ތިރިވަމުން އައިސް 20 ރުފިޔާއަށް ކިލޯއެއް ގަންނަން ލިބެއެވެ. އެންމެ އަގުހެޔޮކޮށް ގަންނަން ލިބެނީ ރާއްޖޭގައި އެންމެ ކުރިންސުރެ ހައްދަމުން އަންނަ ބާވަތުގެ ފަޅޮލެވެ.
މިބާވަތުގެ އަގުހެޔޮ ވަނީ ބައެއް ފަޅޯ ރަނގަޅަށް ދޮންނުވެ ހުރުމުން ފޮނިރަހަ ނުލާތީއެވެ. ނމަވެސް އެއީ މައްސަލައެއް ނޫނެވެ. މިކްސަރަށް އަޅައި ޖޫސްގިރާއިރު ކުޑަ ހަކުރުކޮޅެއް އަލައިލާށެވެ. ބޭނުންނަމަ "ޒީރޯ ކެލަރީސް"ގެ ހަކުރުވެސް އެޅިދާނެއެވެ.
ރޯދަވެރިންނަށް ފަޅޯ ޖޫސް މުހިންމުވަނީ ލިބޭ ވިޓަމުންތަކުގެ އިތުރުން ޙަޖަމް ރަނގަޅުވެ ފާޚާނާކުރަން ފަސޭހަވާތީއެވެ. ގިނަ މީހުންނަކީ ޤަވާއިދުން ފާޚާނާކުރަން މައްސަލަ ހުންނަ ބައެކެވެ. ފާޚާނާ ނުކުރވުނީމާ ބަނޑުގައި ރިއްސުން، ކައިބޮއި ހަދަން އުނދަގޫވުން، ބަނޑުކުނިވެ ވައިލެވުން ، ގޭހުގެ މައްސަލަތައް، ފަދަ އެތައް މަސައްލަތަކެއް ކުރިމަތިވެއެވެ.
ޔޫރަޕް މީހުން ހެނދުނުގެ ސަޔާއިއެކު ފަޅޯ ޖޫސް ބޭނުން ކުރެއެވެ. އެމީހުން ހަކުރުގެ ބަދަލުގައި އެއްކޮށްލަނީ ކުޑަ މުގުރި އަސޭމިރުސް ކޮޅެކެވެ. އަސޭމިރުހަކީވެސް ހަަމ ހަށިގަނޑަށް ފައިދާހުރި ބާވަތެކެވެ.
ޤަވާއިދުން ފާޚާނާކުރެވޭނަމަ މިފަދަ ވަރަށް ގިނަ މައްސަލަތަކުން ސަލާމަތްވާނެއެވެ. އިން ޝާ ﷲ
- މިއަދުނޫހުގެ ކިޔުންތެރިއެއް