މަސްޖިދުއްނަބަވީ މިއޮތީ ފުރިބާރުވެފަ- ބަންގިއާއެކު ދޮރާށިތައްވެސް އެބަ ތަޅުލާ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މަސްޖިދުއްނަބަވީ މިއޮތީ ފުރިބާރުވެފަ- ބަންގިއާއެކު ދޮރާށިތައްވެސް އެބަ ތަޅުލާ!: މުފްތީ މެންކް

ﷲ ތަޢާލާގެ ރަޙްމަތްފުޅުން މިއަހަރުގެ ރަމަޟާން މަސް ފެށުނުއިރު މިހުރެވުނީ މަދީނާގައެވެ. ރަމަމާން މަހުގެ ހަނދު ފެނުނުކަން އިއުލާނުކުރިއިރުވެސް މަސްޖިދުއްނަބަވީ ވަނީ ފުރިބާރުވެފައެވެ. މީހުން ގިނަވެ ކޮންޓްރޯލްކުރުމަށްޓަކައި ޢިޝާ ނަމާދުގެ ބަންގިއާއިއެކު މިސްކިތަށް ބޭރުން ވަންނަން ހުރި ދޮރުކޮޅުތައް ބަންދުކޮށް ތަޅުލައިފިއެވެ. 

އެންމެ މުހިންމު ކަމަކީ އެމީހަކު ހުރި ތަނެއްގައި ރަމަމާން މަހުގެ ޘަވާބާއި ދަރުމަ ލިބިަތުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. ރަމަޟާން މަހުގެ ކޮންމެ ރެއަކީވެސް އެތައް ބައިވަރު ބައަކު ނަރަކައިން ސަލާމަތްކުރައްވަވައި ސުވަރުގެ ވައްދަވާ ރެއެކެވެ. އެއިގެ ތެރޭގައި ތިމާ ހިމެނޭތޯ ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރާށެވެ!

ރަމަޟާން މަހަކީ މީސްތަކުންގެ ފާފަތައް ފުއްސަވައި ދެއްވެވުމުގައި ﷲ ތަޢާލާ އެންމެ ބޮޑަށް ދީލަތިވެވޮޑިގެންވާ މައްސަރެވެ. އެއީ ޤުރްއާން ބާވައިލެއްވެވިރޭ އެ މައްސަރުގައި ހިމެނިގެންވާތީ އެމައްސަރަށް ދެއްވަވާފައިވާ މަތިވެރިކަން ބޮޑުކަމުންނެވެ. 

ވީމާ ކޮންމެ ދުވަހަކީވެސް ކޮންމެ ރެއަކީވެސް ޤުރްއާނުން ކޮންމެވެސް މިންވަރެއް ކިޔަވައި އުނގެނޭ ދުވަހަކަށް، ރެއަކަށް ހަދާށެވެ. މާނަ ކިޔާށެވެ. ޢަމަލުކުރާށެވެ. ރަމަޟާން މަސް ލިބިގަންނަން މަސައްކަތްކުރާ އަޅަކަށް ވެވޭނީ އެއިރުންނެވެ.

 

--މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން