ސަރުކާރުގެ ދަނޑުވެރިކަންކުރާ ކުންފުނިން މިއަހަރުގެ ރަމަމާން މަހު 117 ޓަނުގެ ބާޒާރަށް ނެރޭނެ ކމަށާއި ކަރާގެ އަގުތައް ކޮންޓްރޯލްކުރެވިފައިވަނީ އެކުންފުނިން ކަރާ ވިއްކާތީކަމަށް އެކުންފުނިން ބުނެފިއެވެ.
އެކުންފުނިން މިފަދައިން ބުނެފައިވާއިރު އަމިއްލަ އެންމެ ވިޔަފާރިއަކު ވަނީ ރަމަމާން މަހުގެ ފުރަތަމަ 3 ދުވަހު އެކަނިވެސް 100 ޓަނަށްވުރެ ގިނަ ކަރާވިއްކައިފައެވެ. އެއީ ދުވާލަޖު 33 ޓަނަށްވުރެ ގިނަ އަދަދެކެވެ. 117 ޓަނު މަސްދުވަހަށް ބަހާލައިފިނަމަ އެއީ ދުވާލަކަށް 4 ޓަނުވެސް ހަމަނުވާ އަދަދެކެވެ. ވީމާ ކަރާގެ އަގު ކޮންޓްރޯލްކުރަން އެ 4 ޓަނުކަރާ ކުރާނެ ކަމެއް ޤަބޫލުކުރަން އުނދަގޫވެއެވެ.
އެންމެ ވިޔަފާރިވެރިއަކު އެކަނި ދުވާލަކު 33 ޓަނު ވިއްކާނަމަ މުޅި ބާޒާރުގެ ވޮލިޔުމް ދުވާލަކު 150 ޓަނާއި 200 ޓަނާއިދެދުގައި ހުރުމަކީ ގާތްކަމެކެވެ.
ސަރުކާރުގެ ދަނޑުވެރިކުންފުނީގެ ބަޔާން:
ކޮންމެ އަހަރެއްގެ ރޯދަމަހުގައި ރާއްޖޭގެ ބާޒާރުގައި ކާބޯތަކެއްޗަށް އޮންނަ ޑިމާންޑު ބޮޑުވެ، ޚާއްޞަކޮށް ތަރުކާރީއާ މޭވާގެ ބާވަތްތަކުގެ ޑިމާންޑު އިންތިހާއަށް ބޮޑުވެ، ކަރާ ފަދަ ބާވަތްތަކުގެ އަގު މައްޗަށް އުފުލުމުން ޢާންމުންގެ ޝަކުވާ އިތުރުވެއެވެ. މިކަމަށް ޙައްލެއް ހޯދުމަށްޓަކައި ސަރުކާރުގެ ދަނޑުވެރިކަމާ ބެހޭ ކުންފުނިކަމުގައިވާ އެގްރޯނެޓުގެ ފަރާތުން މިއަހަރުގެ ރޯދަމަހަށް އަމާޒުކޮށްގެން ގިނަ ޢަދަދެއްގެ ކަރާ ހެއްދުމަށް ފަހު ބާޒާރަށް ނެރެން ފަށައިފިއެވެ. އެގޮތުން ރަމަޟާން މަހުގެ ފުރަތަމަ ދުވަހު 5 ޓަނު ކަރާ، ދެވަނަ ދުވަހު 1.5 ޓަނު ކަރާ، ތިން ވަނަ ދުވަހު 3 ޓަނު ކަރާ ވަނީ ބާޒާރަށް ނެރެވިފައެވެ. އަދި މިހަފުތާގެ ތެރޭގައި އިތުރު 10 ޓަނު ކަރާ ބާޒާރަށް ނެރުމަށް މިހާރު ވަނީ ތައްޔާރު ކުރެވިފައެވެ. އަދި އެކި ދުވަސްތަކަށް ބަހާލައިގެން ޖުމްލަ 117 ޓަނު ކަރާ އެގްރޯނެޓުގެ ފަރާތުން ރަމަޟާންމަހު ބާޒާރަށް ނެރެވޭނެއެވެ.
ދަނޑުވެރިކަމުގެ ބާވަތްތަކުގެ އުފެއްދުންތެރިކަން އިތުރުވެފައި ވާތީ، އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ރަމަޟާން މަހުގައި ބާޒާރުގައި ކަރާގެ އަގު އާދަޔާ ޚިލާފަށް ބޮޑު ނުވެ ހިފެހެއްޓިފާ ވާކަން ފާހަގަކުރެވެއެވެ. އެގްރޯނެޓުގެ އުންމީދަކީ ގިނަ ޢަދަދެއްގެ ދިވެހި އުފެއްދުންތައް ބާޒާރަށް ނެރެވިގެން ދިއުމެވެ. އަދި ރަމަޟާން މަހުގެ ހުރިހާ ހިސާބެއްގައި ވެސް އެތަކެތި ބާޒާރުގައި ހެޔޮ އަގުގައި ލިބެން ހުރުމެވެ. ކަރާގެ އިތުރުން ބަރަބޯ، ބަޓާނާ، ތޮރާ، ކިއުކަންބާ، ފަޅޯ އަދި ފަތްކޭލުގެ ބާވަތްތައް ގިނަ ޢަދަދަކަށް ބާޒާރަށް ނެރެވޭނެއެވެ.
ރާއްޖޭގެ އަތޮޅުތައް 5 ސަރަޙައްދަކަށް ބަހާލެވިގެން، މުޑުވައްކުރާ ދުވަހުން ފެށިގެން ތަކެތި ބާޒާރަށް ނެރުމާ ހަމައަށް ދުރާލާ އިންތިޒާމް ކުރެވިގެން ހިންގޭ ދަނޑުވެރިކަމުގެ އާމޮޑެލްގެ ދަށުން ދަނޑުވެރިކަން ކުރުމަށްޓަކައި 707 ފަރާތަކުން ވަނީ ދަނޑުވެރިކަން ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. އެފަރާތްތަކުން ދަނޑުވެރިކަން ފެށުމަށްޓަކައި ދެވޭ ސްޓާޓާރ ޕެކް 276 ފަރާތަކަށް ވަނީ ދޫކުރެވިފައެވެ. އަދި 273 ފަރާތަކުން މިހާރު ވެސް ޢަމަލީގޮތުން ދަނޑުވެރިކަން ކުރައްވަމުން ގެންދެއެެވެ. އެގްރޯނެޓުގެ އުފެއްދުންތައް ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކުން އޯޑަރުކުރުމަށާ މަޢުލޫމާތު ސާފުކުރުމަށް އެގްރޯނެޓުގެ ހޮޓްލައިން ނަންބަރު 3030490 އަށް ގުޅުއްވުން އެދެމެވެ.
ސަރުކާރުގެ އިޤުދިޞާދީ ސިޔާސަތުގެ ދަށުން ވިޔަފާރީގެ ސިނާޢަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްޤީކުރުމަށްޓަކައި، އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އުފެއްދެވީ 21 އޭޕްރިލް 2021 ގައެވެ.
ޝުކުރިއްޔާ!
- އެގްރޯ ނޭޝަނަލް ކޯޕޮރޭޝަން ޕަރައިވެޓް ލިމިޓެޑް