"ޑރ ން ކަންތައްކުރާ ގޮތުން ހިތްހަމަޖެހޭ އެތައް ފަހަރެއް އަންނާނެ! އެކަހަލަ ކަމެއް ބުނެލަދީބަލަ!" މިމޭރުމުން ޑރ. އަޙްމަދު ފައިޞަލް ކުރެއްވި ޓްވީޓާއި ގުޅިގެން ގިނަބައަކު ފާހަގަކޮށްފައިވަނީ ބައެއް ޑޮކްޓަރުން މޫނުކުނިކުރުމާ، ރުޅިގަދަވުމާ، މުޢާމަލާތުކުރާގޮތާ، ފަރުވާވެސްކުޑަކުރާތީ ކަންބޮޑުވާ ކަމަށެވެ.
ހަމައެއާއެކު އަމިއްލަ ހޮސްޕިޓަލްތަކަށް ކުރަންޖެހޭ ހޭދަ ބޮޑުވި ނަމަވެސް އޯގާތެރިކަމާއެކު ޚިދުމަތްލިބޭތީ ޚިދުމަތް ހޯދަނީ ހިތްހަމަޖެހިގެން ތިބެގެނަ ކަމެވެ.
މިއީ އަބަދުވެސް ގިނަ ބައަކު ފާހަގަކުރާ ކަމެކެވެ. ޑރ. މްރަޔަމް ޝަކީލާ ހެލްތް މިނިސްޓަރަކަށް ހުންނެވިއިރުވެސް އެންމެ ގިނައިން ވިދާޅުވި އެއް ވާހަކައަކީ "އެންމެ ބޮޑު މައްސަލައަކަށް ވެގެން މިއުޅެނީ ރާއްޖެއިން ލިބެންހުރި ޚިދުމަތްތައް މަދުވެގެނެއް ނޫން! ޚިދުމަތް ހޯދަން ދިއުމުން މުޢާމަލާތުކުރާގޮތުން." ކަމަށެވެ.
ވަރަށް ފަހުން ހިނގި ކަމެކެވެ. އޭޑީކޭގެ ކައުންޓަރުގައި އިން ކުއްޖާއަށް އެރި އޮޅުމަކުން އީއާރަށް ފޮނުވަންނުޖެހޭ ޕޭޝަންޓަކު އިމަރޖެންސީ ރޫމަށް ފޮނުވާލީމާ ކައުންޓަރަށް އައިސް ކަންތައް ކުރަންވާ ގޮތް ކިޔައިދިނީ އީއާރުގަ ހުރި ޑޮކްޓަރެވެ. އަދި އެ ޑޮކްޓަރު ކައުންޓަރަށް ދިއައީ ވިޔުގައަށް ވަދެ ހުރިހާ މައުލޫމާތެއް އޮޅުންވެސް ފިލުވައިގެންނެވެ. އެޕޭޝަންޓް ބަލައިދޭންޖެހޭ ޑޮކްޓަރު ބަލަންޖެހޭ ޕޭޝަންޓުން ކިޔޫގައި ތިބި އަދަދުވެސް ބަލައިގެންނެވެ. "އުނހު! ތިއައީ މަށާ ބެހޭ ކަމެއްނޫން!" ކަމަށް ބުނެ ކޮއްޕާ ބޭރުކޮށްލީއެއް ނޫނެވެ.
ޑރން ކަންތައްކުރާ ގޮތުން ހިތްހަމަޖެހޭ އެތައް ފަހަރެއް އަންނާނެ. އެކަހަލަ ކަމެއް ބުނެލަދީބަލަ!
— Ahmed Faisal (@Faisalnaifaru) April 5, 2022