ފުރަތަމަ ކަމަކީ އަގުތަކެވެ. ޖީބަށް އެހައިލުޔެވެ. ކުޑަކުޑަ ޚަރަދަކުން ބޭނުންވާ އެތައް ވައްތަރަކަށް އޯޑަރުކުރެވިދާނެއެވެ. އެންމެ 60 ރުފިޔާއިން ފެށިގެން 90 ރުފިޔާއާއި ހަމައަށް ބަޖެޓްކޮށްލައްވާފައި ހިތްފުރޭވަރަށް އޯޑަރުކުރައްވާށެވެ. އެންމެ 60 ރުފިޔާއަށް އޯޑަރުކުރާ މީހާއަށްވެސް ހަމަ ހިތްފުރައިލެވޭވަރަށް ލިބިލއްވާނެއެވެ.

ދެން އޮތީ ރަހައެވެ. ރަހައެނގުމުން ނޫނީ ބުއްދިއަށް ޤަބޫލުވެސް ނުކުރެވޭނެހައި ރަހަތައް މީރުވާނެއެވެ. ދިވެހި ބާވަތްތަކުގައި ދިވެހިރަހައެވެ. ބޭރުގެ ބާވަތްތަކުގައި ބޭރުގެ އޮރިޖިނަލް ރަހައެވެ.
ދެން އޮތީ ޚިދުމަތެވެ. ޚިދުމަތް ދިނުމުގައި މުވައްޒިފުން ތިބީ އެންމެ ބާރަށް ވާންކޮށްލައިގެންނެވެ. ވެއިޓަރުންގެ އިތުރުން ކައްކާ މީހުންވެސް ކަސްޓަމަރުންނާއި ބައްދަލުކޮށް މުޢާމަލާތުކުރާނެއެވެ. ބޭނުންވާ ޚިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދޭނެއެވެ.

ކައްކަން ބޭނުންކުރާ ބާވަތްތަކަށްބަލާއިރު ރާއްޖެއިން ޢާންމުކޮށް ލިބެން ނުހުންނަ ގިނަ ބާވަތްތަކެއް ވަނީ ރަމަޟާން މަހަށް ޚާއްޞަކޮށްގެން އެތެރެކޮށްފައެވެ. އެ ޑިޝްއަކުން ލާންޖެހޭނެ އޮރިޖިނަލް ރަހަ ލެއްވުމަށްޓަކައެވެ. ކައްކަން ބޭނުންވާ އެއްވެސް އެއްޗެއް ހުސްވެގެން އުޅެން ނުޖެހޭނެ ވަރަށް ވަނީ އެތެރެކޮށްފައެވެ. ހަމަ އެންމެ ބޭނުމަކުއެވެ. ރަހަތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކށްދިނުމަށެވެ.

ޖޫހާއިމެދުވެސް ބުނެލަން އޮތީ ކޮންމެ ދުވަހަކުވެސް 2،3،4 ބާވަތުގެ ޖޫސް ތައްޔާރުކުރަނީ އަމިއްލައަށް އެތެރެކުރާ އެންމެ ތާޒާ މޭވާއިންނެވެ. ކޮންމެ ދުވަހަކުވެސް ހަށިގަނޑަށް އެންމެ ފައިދާކުރާނެ ބާވަތްތަކުގެ ޖޫސްވެސް ލިބިވަޑައިގަންނަވާނެއެވެ.

ދެން އޮތީ އެންމެ މުހިންމު ކަންތަކެވެ. އަމީނީ މަގުގައި ހުންނަ ވިޔަފާރިވެރިންގެ މިސްކިތް އެހެރީ ޖެހިގެންހެން ދާދިގާތުގައެވެ. މަޣްރިބް ނަމާދު ޖަމާއަތުގައި ކޮށްލައިގެންވެސް ރޯދަވީއްލިދާނެއެވެ. ރޯދަ ވީއްލައި ނިމިގެން ހިނގާލާފައި ގޮސް ޢިޝާ ނަމާދަށް މިސްކިތަށް އެރުންވެސް އެހައި ފަސޭހައެވެ. އެއީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ، ޖާގަބޮޑު މިސްކިތަކަށްވުމުން އެއީވެސް ބީޓްރޫޓް ކެފޭއިން ޚިދުމަތް ހޯދާ ފަރާތްތަކަށް އޮތް ވަރަށް ބޮޑު ލުޔެކެވެ.
ބީޓްރޫޓް ކެފޭ،
ހާބަރު 18 ނަމްބަރު، އެސްޓީއޯ ގުދަން ކުރިމަތި،
ފޯން 7588162، ވައިބަރ: 7588827