ރޯދަ ވީއްލަން ކޮންމެ ގެއެއްގައިވެސް ރަހަމީރު، ތާޒާ މޭވާއިން ޖޫސްގިރަން ބޭނުންވާނެތީ އުފުފަންވެލި ޝޮޕްތަކުން މިޞުރުގެ ރަހަމީރު ފޭރާއި އިންޑިއާ އަދި ލަންކާގެ އަނބާއި ޕެޝަންފުރުޓާއި އެހެންވެސް ގިނަ ބާވަތްތައް ބޮޑުތަނުން އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.

މިޞުރުގެ ފޭރު ކިލޯއެއް އެންމެ 70 ރުފިޔާއަށް ވިއްކާއިރު އިންޑިއާ އަދި ސްރީލަންކާގެ އަނބު ވިއްކަނީ ކިލޯއެއް އެންމެ 50 ރުފިޔާއަށެވެ. ޕެޝަން ފުރުޓް ކިލޯއެއް އެންމެ 60 ރުފިޔާއަށެވެ. ކަރާވެސް ގެންދަނީ ވަރަށް ހެޔޮ އަގުގައި ވިއްކަމުންނެވެ.

މީގެ އިތުރުން އައިސްބަރގް ލެޓިޔުސްކިލޯއެއް އެންމެ 35 ރުފިޔާއަށް، ބޮރޮކޮލީ ކިލޯއެއް 60 ރުފިޔާއަށް ވިއްކަމުން ގެންދާއިރު ތާޒާ ރަހަމީރު މޭބިސްކަދުރު ކިލޯއެއްވެސް ވިއްކަނީ އެންމެ 100 ރުފިޔާއަށެވެ.

އުފަންވެލި ފިހާރަތަކުން ބުނީ ރަމަޟާން މަހު ވީހައި ހެޔޮ އަގުތަކުގައި ތަފާތު ބާވަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދޭން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން މިބާވަތްތަކުގެ އިތުރުންވެސް ވަރަށް ގިނަ ބާވަތްތައް އެންމެ ހެޔޮ އަގުގައި ވިއްކަމުން ގެންދާ ކަމަށެވެ.
